Advertisement

ސިޓީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން މުބާރާތުގެ ތަށި އުފުލާލަނީ، ފޮޓޯ: ފަޔާޒް މޫސާ

27 Dec 2023
ކުޅިވަރު

އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ތަށި ސިޓީ ސްޕޯޓްސް ކްލަބަށް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން، މުބާރާތުގައި އަލަށް ވާދަކުރި ސިޓީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. ތ އަތޮޅު ހިރިލަންދޫގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ޓީމުން މުބާރާތް ކާމިޔާބުކުރީ އަންގާރަ ދުވަހުގެރޭ ކްލަބް ވެމްކޯއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެނެވެ.

ދެ ސެމީފައިނަލް ކުޅުމަށްފަހު އުނދަގުލުން ފައިނަލަށް ދަތުރުކުރި ވެމްކޯއަށް މެޗުގެ ސެޓުތައް ގެއްލުނީ 28-26، 25-17 އަދި 25-22 އިންނެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ވެމްކޯއަށް ފައިނަލް މެޗުގައި ރަގަޅު ކުޅުމެއް ނުދެއްކޭކަމަށް، ވެމްކޯގެ ކޯޗު ނިޒާރު އިބްރާހިމް ބުނެފައިވެއެވެ. އަދި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއި ބްރެޒިލްގެ ދެ ކުޅުންތެރިން ހިމެނޭ ވެމްކޯޓީމަށް ފައިނަލް މެޗުގައި އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭކަމަށް ވެސް ނިޒާރު ބުނެފައިވެއެވެ.

ހުނަރުގެ ގޮތުން މޮޅު ވެމްކޯ ޓީމު ބަލިކުރުމަށް ސިޓީ ސްޕޯޓްސް ކްލަބުގެ ދެ ބިދޭސީ ކުޅުންތެރިން މޮޅު ކުޅުމެއްދައްކާފައިވެއެވެ.

ފިރިހެން ޑިވިޝަނުގެ ޑްރީމް ޓީމުގައި ހިމެނުނީ، ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓެ)، ހުސެން ޔޫސުފް އަދި އަހްމަދު ނަބީލްއެވެ. އަދި މި ޓީމުގައި ސިޓީ ސްޕޯޓްސް ކްލަބްގެ، އަހުމަދު ފާޒިލް، އަލީ ނިމާލްގެ އިތުރުން، އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އަދި އާދަމް ފައިރޫޒް ހިމެނުނެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިޓީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝަރަފްއެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ފާޒިލް އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިޓީ ސްޕޯޓްސް ކްލަބްގެ ބިދޭސީ ކުޅުންތެރިޔާ ނޫރްމުހައްމަދެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.