Advertisement

16 އަހަރުން ދަށުގެ ފައިނަލް މެޗުގައި ފ. އަތޮޅު މަދަރުސާއިން އުފާފާޅުކުރަނީ --- ފޮޓޯ: ވީއޭއެމް

02 Nov 2023
ކުޅިވަރު

16 އަހަރުން ދަށުގެ އަންހެން ތަށި ފ. އަތޮޅު މަދަރުސާއަށް

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ފައިނަލުގައި އދ.ކުނބުރުދޫ ސްކޫލް ބަލިކޮށް، ފ. އަތޮޅު މަދަރުސާއިން މުބާރާތް ކާމިޔާބުކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ މާފަންނު އައުޓްޑޯ ވޮލީ ކޯޓުގައި ކުޅުނު  މި މެޗު އެ ސްކޫލުން ފައިނަލް މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. މިއީ 2019 ވަނަ އަހަރު އެ ސްކޫލުން ވާދަކުރި އުމުރު ފުރާތަކުގެ ތެރެއިން ގެއްލުނު ހަމައެކަނި ތައްޓެވެ.

މެޗުގެ ފުރަތަމަ ސެޓު ފ. އަތޮޅު މަދަރުސާއިން ގެންދިޔައީ ތަފާތު ބޮޑުކޮށް 25-09 އިންނެވެ. މެޗުގެ 2 ވަނަ ސެޓު ވަރަށް ވާދަވެރިކޮށް ދިޔަނަމަވެސް، އެ ސެޓުވެސް ކާމިޔާބުކުރީ ފ. އަތޮޅު މަދަރުސާއިންނެވެ. އެއީ 25-21 އިންނެވެ. ފަހުސެޓު އެ ސްކޫލުން ގެންދިޔައީ 25-15 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ހޮވުނީ ފ. އަތޮޅު މަދަރުސާގެ އީމާން އަލީއެވެ.

މި އުމުރުފުރާގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ފ. އަތޮޅު މަދަރުސާގެ 3 ކުޅުންތެރިންނާއި ކުނބުރުދޫ ސްކޫލްގެ 2 ކުޅުންތެރިންނާއި، ކެޔޮދޫ ސްކޫލްގެ 2 ކުޅުންތެރިންނެވެ. އެއީ މި ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، ޗެމްޕިއަން ފ.އަތޮޅު މަދަރުސާގެ އީމާން، ލީމް އަޙުމަދު ލަތީފް، އައިޝަތު ޝިޔާ މުޙައްމަދު (ލިބަރޯ)، ކުނބުރުދޫ ސްކޫލްގެ އައިމިނަތު އާޝިޔާ މުޙައްމަދު، ފާތިމަތު ފައިހާ މުޙައްމަދު، ކެޔޮދޫ ސްކޫލްގެ އައިމިނަތު އާނީ މުޙައްމަދު ނާސިރު އަދި އައިޝަތު ދީނާ ސަލީމްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.