Advertisement

ޕޮލިސް ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

21 Dec 2023
ކުޅިވަރު

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ

މިހާރު މާލޭގައި ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލްގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ. އެގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ އަލްމާ ސްޕޯޓްސް ކުލަބާއި ކުލަބް ވެމްކޯ އާއި ޕޮލިސް ކުލަބާއި އަދި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ މެޗު ކުޅެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަން ބައްދަލުކުރި މެޗު ޕޮލިސް ކްލަބުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. އަދި ކުއާޓާގެ ދެވަނަ މެޗުގައި ހަމަ އެ ދުވަހު އަސްދިގަ ސްޕޯޓްސް ކުލަބުގެ މައްޗަށް ވޮލީބޯލް އެކަޑަމީން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު ކުޅުނީ ބުދަ ދުވަހުއެވެ. އެގޮތުން ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި އަލްމާއިން ވަނީ ސީދާ ތިން ސެޓުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބް ބަލިކޮށްފައެވެ. އަދި ކުއާޓާ ފައިނަލުގެ ފަހު މެޗު ވެމްކޯއިން ވެސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެއީ ޔޫތު ނިއު ޖެނެރޭޝަނާއި ވާދަކޮށްގެންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ. ފުރަތަމަ ސެމީގައި ޕޮލިސް ކުލަބުން ނިކުންނާނީ ވޮލީބޯލް އެކަޑަމީ އާއި ދެކޮޅަށެވެ. އަދި ފަހު ސެމީގައި ބައްދަލުކުރާނީ ވެމްކޯ އާއި އަލްމާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.