Advertisement

08 Sep 2024
ކުޅިވަރު

ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވުނީ ފަސޫހާ އާއި އިބާދުﷲ

މި މަހުގެ 5 – 7 އަށް އެކުވެނި ދުވާ ޓްރެކުގައި ކުރިޔަށްދިޔަ 33 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު އިބާދުﷲ އާދަމް އާއި ފަސޫހާ އަހުމަދު ހޯދައިފިއެވެ. މިއީ މި ދެ އެތުލީޓުންނަށް ވެސް މި މުބާރާތުގެ އެންމެ ޝަރަފުވެރި އިނާމު ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ.

މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ފަސޫހާ ހޯދީ އޭނާ ވާދަކުރި ތިން އިވެންޓުން ރަން މެޑަލް ހޯދައިގެންނެވެ. އެއީ، 400 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުންނެވެ. އަދި މި މުބާރާތުގައި ފަސޫހާ ވަނީ 5  މިނިޓް، 03.51 ސިކުންތުން 1500 މީޓަރުގެ ރޭސް ނިންމައިގެން، އޭނާ މިދިޔަ ޑިސެމްބަރުގައި ހަދާފައިވާ ގައުމީ ރެކޯޑު އައުކޮށްފައެވެ. މީގެ އިތުރުން 800 މީޓަރުގެ ރޭހުގައި އޭނާ ވަނީ މީޓް ރެކޯޑެއް ވެސް ހަދާފައެވެ.

ދިވެހި ސިފައިންގެ ކްލަބުގެ ފަސޫހާ، އަންހެނުންގެ 800 މީޓަރު އިވެންޓުން ރަން މެޑަލް ހޯދީ، 2 މިނިޓް، 15.96 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި  400  މީޓަރުގެ އިވެންޓުން އޭނާ ކުރި ހޯދީ 57.22 ސިކުންތުން ރޭސް ނިންމައިގެނެވެ.

ގައުމީ މުބާރާތުގެ ކާމިޔާބަކީ ފަސޫހާއަށް ފާއިތުވެ މިދިޔަ ނުވަ މަސް ތެރޭގައި ހާސިލް ކުރެވުނު އެފަދަ ތިން ވަނަ މުބާރާތެވެ. އެގޮތުން، ގައުމީ މުބާރާތުގެ އިތުރުން، މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީ އާއި މި އަހަރުގެ އެސޯސިއޭޝަން ކަޕު ގައި ވެސް އޭނާ ވަނީ އެންމެ މޮޅު އެތުލީޓުގެ ނަގާމު ހޯދާފައެވެ.

އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދި އިބާދުﷲ ވަނީ 100 މީޓަރު ދުވުމާއި 200 މީތާރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.

މިއީ، 2013 ވަނަ އަހަރުގެ ފަހުން، ގައުމީ މުބާރާތުގެ 100 މީޓަރުގެ ރޭސް ސާއިދު ނޫން ދުވުންތެރިއަކު ހޯދި ފުރަތަމަ ފަހަރެވެ. އެ ގޮތުން، ސާއިދުގެ މައްޗަށް މިއަދުގެ، 100 މީޓަރު ރޭހުގެ ފައިނަލުގައި، ރައުހަތު ސްޕޯޓްސްގެ އިބާދުﷲ ކުރިހޯދީ، 10.59 ސިކުންތުން ރޭސް ނިންމައިގެންނެވެ.  އަދި އޭނާ 200 މީޓަރު ރޭސް ނިންމީ، 21.69 ސިކުންތުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.