Advertisement

ފިރިހެނުންގެ 100 މީޓަރު ރޭހުން އެއް ވަނަ ހޯދި އިބާދުﷲ (މ) އާއި ތިން ވަނަ ހޯދި މިންހާލް އަދި ދެ ވަނަ އަށް ދިޔަ ސާއިދު،--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

06 Sep 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

10 އަހަރަށްފަހު ގައުމީ މުބާރާތުގައި 100 މީޓަރު ދުވުމުން ސާއިދު ފަހަތަށް ޖައްސާލައި އިބާދުﷲ ކުރި ހޯދައިފި

މިހާރު ކުރިޔަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން، 2013 ވަނަ އަހަރުން ފެށިގެން މި އިވެންޓު ކާމިޔާބު ކުރަމުން އަންނަ ހަސަން ސާއިދު ފަހަތަށް ޖައްސާލުމަށްފަހު، އިބާދުﷲ އާދަމް މި ރޭސް ކާމިޔާބު ކޮށްފިއެވެ.

އިބާދުﷲ މި އިވެންޓުގެ ރަން މެޑަލް ހޯދާފައި ވަނީ 10.59 ސިކުންތުން ރޭސް ނިންމައިގެނެވެ. މި އިވެޓުން ދެވަނަ ހޯދި ސާއިދުއަށް ރޭސް ނިންމުނީ 10.67 ސިކުންތުންނެވެ. އަދި މި ރޭހުން ލޯ މެޑަލް ކާމިޔާބު ކޮށްފައިވަނީ މުހައްމަދު މިންހާލް ޝާމިންއެވެ. އޭނާ ރޭސް ނިންމާފައިވަނީ 10.74 ސިކުންތުންނެވެ.

އިބާދުﷲއަކީ ޖެމެއިކާގައި ޓްރެއިނިން ހަދަމުންދިޔަ ދުވުންތެރިއެކެވެ. އަދި އެއަށްފަހު އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ ގައުމީ މުބާރާތާއި، އަދި ބައިނަލްއަގްވާމީ ދެ މުބާރާތް ކަމުގައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސް ވެސް އޭނާއަށް ގެއްލުނެވެ. ނަމަވެސް އަނިޔާއިން ރަގަޅުވެ، ޓައިމް ޓްރަޔަލްއިން ކުރި ހޯދައި އޭނާ ވަނީ ޕެރިސް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކޮށްފައެވެ.

100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އަދިވެސް އޮތީ ސާއިދުގެ އަތުގައެވެ. އެއީ އޭނާ 2016 ވަނަ އަހަރު 10.33 ސިކުންތުން 100 މީޓަރު ދުވެގެން ގާއިމްކޮށްފައިވާ ރެކޯޑެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.