Advertisement

20 Oct 2024
ކުޅިވަރު

އެންމެ މޮޅު އެތުލީޓުންނަކީ ދީމާ އާއި ޝައްފާން

ރާއްޖޭގެ އެތުލީޓުންގެ އަގު ވަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ބާއްވަމުން އަންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މި އަހަރުގެ އެންމެ މޮޅު އަންހެން އަދި ފިރހެން އެތުލީޓުގެ މަގާމު، ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއިލް ހޯދައިފިއެވެ.

މިއީ މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ދީމާ ހޯދި ދެވަނަ ފަހަރެވެ. މީގެ އިތުރުން ދީމާ ވަނީ އެންމެ މޮޅު ޒުވާން އެތުލީޓުގެ މަގާމު ވެސް ޖެހިޖެހިގެން ތިން ފަހަރަށް ހޯދާފައެވެ. ހަމައެއާއެކު އޭނާ ވަނީ އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އެންމެ މޮޅު އަންހެން އެތުލީޓުންނަށް ދީމާ އާއި އެންމެ ކައިރިން ވާދަކުރީ ބެޑްމިންޓަން ދެ ތަރިން ކަމުގައިވާ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާއެވެ. އަދި ޝައްފާން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ، މިދިޔަ އަހަރު އެ މަގާމު ހޯދި ބޮޑީބިލްޑިން ޓީމުގެ އަޒްނީން ރަޝާދު އާއި ބެޑްމިންޓަން ކުޅުންތެރިޔާ، ނިބާލް އަހުމަދާ ވާދަކޮށެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ގެ ނަމުގައި، ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހަފްލާގައި އެންމެ މޮޅު އެތުލީޓުންގެ އެވޯޑު ހަވާލުކޮށްދެއްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އެހެނިހެން މަގާމުތައް:

އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާ: ފާތިމަތު ދީމާ އަލީ

އެންމެ އުންމީދީ ފިރިހެން ޓީޓީ ކުޅުންތެރިޔާ: އަހްޔާރު އަހުމަދު ހާލިދު

އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަން: ހޭންޑްބޯލް މޯލްޑިވްސް

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ: އަހުމަދު ރިޒްވާން (ރިޒޭ)

އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާ: އައިޝަތު މާޖިދާ

އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ: އާދަމް ނަސީމް (އެޑަމް)

ފެތުމުން އެއް ވަނަ އެތުލީޓުން: މުހައްމަދު ރިހާން ޝިހާމް އާއި މެރާލް އައިން ލަތީފް

އެންމެ މޮޅު ޓެނިސް ކުޅުންތެރިން: ނަބާ ނިޝާން އާއި އަބްދުﷲ ފާއިހް ފަޒީލް

އެންމެ މޮޅު ސާފަރުން: ހުސެއިން އަރީފް (އިބޫ) އާއި މަރިޔަމް ރާހިލް ނަސީމް (އާޔާ)

އެންމެ މޮޅު ޕޫލް ބިލިއާޑް ކުޅުންތެރިން: ހަސަން ޝާޒް މުހައްމަދާއި ދީނާ އަހުމަދު

އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާ: އައިޝަތު ސަލީމާ

އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިން: މުހައްމަދު ޔަޝްމު އަހުމަދު އާއި ފާތިމަތު އަރުޝާ

އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ: އާދަމް ނާސިފް އުމަރު

އެންމެ މޮޅި ޗެސް ކުޅުންތެރިން: މުޖާހިދު ބިން ޔަޒީދު އާއި ނިހާޔާ އަހުމަދު

އެންމެ މޮޅު ކެރަމް ކުޅުންތެރިން: އައިމިނަތު ވިދާދު އާއި އިސްމާއިލް އަޒްމީން

އެންމެ މޮޅު ބޮޑީ ބިލްޑަރ: އަޒްނީން

އެންމެ މޮޅު ބޮޑީބޯޑަރުގެ އެވޯޑް: އަލީ ހުޝްރުވާން އަހުމަދު

އެންމެ މޮޅު ބާސްކެޓް ކުޅުންތެރިން: ފާތިމަތު ރިޝްމާ (ރިޝްޓޯ) އާއި އިސްމާއިލް ވިލްދާން ޔޫސުފް

އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިން: ނިބާލް އާއި ނަބާހާ

އެތުލެޓިކްސް: ހަސަން ސާއިދު އާއި އަހްނާ ނިޒާރު

އެންމެ މޮޅު ކޯޗު (އެތުލެޓިކްސް): އަހުމަދު ފާއިލް

އެންމެ މޮޅު ކޯޗު (ހޭންޑްބޯޅަ): ނަޝްފާ އާމިރާ

އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް: ފީފާ ރެފްރީ މުހައްމަދު ޖާވިޒް (ޖޭޑް)

އެންމެ މޮޅު އަންހެން ޓެކްނިކަލް އޮފިޝަލް: ވޮލީބޯލް އޮފިޝަލް، ހައްވާ އަބްދުލް މަޖީދު

އެންމެ މޮޅު ކުޅިވަރުގެ ވިޝުއަލް އާޓިސްޓް: އިމޭޖަސް.އެމްވީގެ އިސްމާއިލް ތޯރިގު (އިއްސެ)

އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ: އައްޒާމް އަލިފުޅު

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.