Advertisement

ޗެމްޕިއަންސް ލީގުގެ 2021/22 ސީޒަންގައި ލިވަޕޫލާއި އޭސީ މިލާން---

17 Sep 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޗެމްޕިއަންސް ލީގު މިރޭ ފަށާއިރު ލިވަޕޫލާއި އޭސީ މިލާންގެ ކުރިމަތިލުމެއް

ޔޫރަޕްގެ ކުލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ، ޗެމްޕިއަންސް ލީގު ކުޅޭ ފޯމެޓަށް ގެނައި ބަދަލާއެކު މިރޭ ގްރޫޕް ފޭސްގެ މެޗުތައް ފަށަން ހަމަޖެހިފައިވާއިރު، އެންމެ ގިނަ ބަޔަކު ސަމާލުކަން ހުއްޓޭނެ އެއް މެޗަކީ ލިވަޕޫލާއި އޭސީ މިލާން ބައްދަލު ކުރާ މެޗެވެ.

މިލާންގެ ސެން ސީރޯގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރެވެ. މި ދެ ޓީމު އެންމެ ފަހުން ކޮމްޕެޓެޓިވް މެޗެއް ކުޅެފައިވަނީ ޗެމްޕިއަންސް ލީގުގެ 2021/22 ސީޒަންގައެވެ. އެ މުބާރާތުގައި ދެ ޓީމު އެއް ގްރޫޕެއްގައި ހިމެނުނުއިރު، ލިވަޕޫލުން ވަނީ ހޯމް މެޗާއި އަވޭ މެޗު ވެސް ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ ދެ މެޗު މިރޭ އިރާކޮޅު ވެސް ކުޅޭނެއެވެ. އެގޮތުން ރާއްޖެ ގަޑިން 9:45 ގައި ދެ މެޗު ފެށުމަށް ހަމަޖެހިފައިވާ އިރު، އެއް މެޗުގައި ކުޅޭނީ އިޓަލީގެ ޔުވެންޓަސް އާއި ނެދަލޭންޑްސްގެ ޕީއެސްވީ އެއިންދޮވޭންއެވެ. އަނެއް މެޗުގައި ބައްދަލު ކުރާނީ ސްވިޒަލޭންޑުގެ ޔަންގް ބޯއީޒް އާއި އިންގްލެންޑުގެ އެސްޓަން ވިލާއެވެ.

މީގެ އިތުރުން، ޖަރުމަނުގެ ބެޔާން މިއުނިކާއި ކޮރޭޝިއާގެ ޑައިނަމޯ ޒަގްރެބް ބައްދަލުކުރާ މެޗާއި އަދި ސްޕެއިންގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ސްޓުޑްގާޓް ބައްދަލުކުރާ މެޗު ވެސް މިރޭ އޮންނާނެއެވެ. މި ދެ މެޗު ވެސް ފަށާނީ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.