ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައިފި
މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާ އަށާއި އަދި ރަނަރއަޕް ކުޅުންތެރިޔާއަށް ޓްރޮފީއާ މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.މޯލްޑިވްސް އޯޕަން، 2023، 10 ބޯލް ޗެމްޕިއަންޝިޕަކީ، ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތެވެ. މިމުބާރާތުގައި 15 ޤައުމަކުން 64 ކުޅުންތެރިން ބައިވެރިވިއެވެ.
މި މުބާރާތް ކުރިޔަށް ދިޔައީ، 2023 އޭޕްރީލް 22 އިން 26އަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ހައުސްގައެވެ.