Advertisement

29 Aug 2024
ކުޅިވަރު

ޔޫރަޕްގެ ރަން ބޫޓު ހެރީ ކޭންއަށް

2023/24 ސީޒަނުގައި ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑު ބެޔާން މިއުނިކްގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން ހާސިލްކޮށްފިއެވެ. އޭނާ މި އެވޯޑު ހާސިލްކޮށްފައި މިވަނީ މިދިޔަ ސީޒަނުގައި 36 ގޯލު ޖަހައިގެންނެވެ.

މި އެވޯޑާއި ހަވާލުވުމަށްފަހު ކޭން ބުނެފައިވަނީ، މިއީ ބެޔާން މިއުނިކަށް ލިބުނު އެވޯޑެއް ކަމަށާއި، މި އެވޯޑުގެ ޝުކުރު ހައްގީ ކްލަބާއި ކުޅުންތެރިންނަށް ކަމަށެވެ.

މިއީ ބެޔާން މިއުނިކްގެ ކުޅުންތެރިއަކަށް މި އެވޯޑު ލިބުނު ތިން ވަނަ ފަހަރެވެ. ކޭންގެ އިތުރުން މި އެވޯޑު ހާސިލްކޮށްފައިވަނީ ޖާރޑް މުލާއާއި ރޮބަރޓް ލެވަންޑޯސްކީއެވެ.

މީގެ އިތުރުން ހެރީ ކޭން އަކީ މި އެވޯޑު ހާސިލްކުރި ދެވަނަ އިނގިރޭސި ކުޅުންތެރިޔާއެވެ. މީގެ ކުރިން 2000 ވަނަ އަހަރު ކެވިން ފިލިޕްސް ވަނީ މި އެވޯޑު ހާސިލްކޮށްފައެވެ.

ޔޫރަޕްގެ ރަން ބޫޓް ތައާރަފް ކުރި ފަހުން މި އެވޯޑް އެންމެ ގިނައިން ހޯދާފައިވަނީ ކުރިން ބާސެލޯނާއަށް ކުޅުނު އާޖެންޓީނާގެ ލިއޮނެލް މެސީއެވެ. އޭނާ ހަ ފަހަރު މި އެވޯޑް ހޯދާފައިވާއިރު، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހަތަރު ފަހަރު މި އެވޯޑު ހޯދާފައެވެ. އަދި އެންމެ ފަހުން މި އެވޯޑް ކާމިޔާބުކޮށްފައިވަނީ މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.