Advertisement

31 Aug 2024
ކުޅިވަރު

ސަމާ ޓްރާންފަރގެ ފަހު ދުވަހު ސްޓާލިން ބަދަލުވީ ލޯނު އެއްބަސްވުމެއްގައި އާސެނަލްއަށް، އަދި ޓޯނީ އަލް އަހްލީއަށް

މި އަހަރުގެ ސަމާ ޓްރާންފަރ ވިންޑޯގެ ފަހު ދުވަހު އެންމެ ފާހަގަކޮށްލެވޭ ޓްރާންސްފަރ ތަކުގެ ތެރޭގައި ހިމެނެނީ، ޗެލްސީގެ ފޯވާޑު ރަހީމް ސްޓާލިން ލޯނު އެއްބަސްވުމެއްގެ ދަށުން އާސެނަލްއަށް ބަދަލުވުމާއި އަދި އިވާން ޓޯނީ ބޮރެންޓްފޯޑުން ސައުދީ ލީގުގެ އަލް އަހްލީއަށް ބަދަލުވުމެވެ.

ޗެލްސީގެ ފޯވާޑް ސްޓާލިން ލޯނު އެއްބަސްވުމެއްގެ ދަށުން އާސެނަލްއަށް ބަދަލުވީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ޓީމު ބަދަލުވުމަށް ސްޓާލިން ބޭނުންވީ، ޗެލްސީގެ އައު ކޯޗު، އެންޒޯ މަރެސްކާ އެހާ ގަޔާވާ ކުޅުންތެރިއަކަށް އޭނާ ނުވުމެވެ.

ސްޓާލިންއަށް ޗެލްސީގެ ފުރަތަމަ އެގާރައިން ދެން ފުރުސަތު ނުލިބޭނެ އަނެއް ސަބަބަކީ، މަރެސްކާ މި ސީޒަނަށް 200 މިލިއަން ޕައުންޑު ހަރަދުކޮށް 11 ކުޅުންތެރިއަކު ގެނައި އިރު، ސްޓާލިން ކުޅޭ ޕޮޒިޝަނަށް ކުޅޭ ކުޅުންތެރިން ވެސް ހިމެނުމެވެ.

މެންޗެސްޓަރ ސިޓީ އިން 50 މިލިއަން ޕައުންޑަށް 2022 ވަނަ އަހަރު ޗެލްސީއަށް ބަދަލުވެ އެ ޓީމަށް ކުޅެދިން 81 މެޗުގައި ސްޓާލިން ވަނީ 19 ގޯލު ކާމިޔާބުކޮށްފައެވެ.

ބްރެންޓްފޯޑުގެ އިވާން ޓޯނީ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް-އަހްލީ އަށް ބަދަލުވީ 40 މިލިއަން ޕައުންޑުގެ ޓްރާންސާ ފީ އަކަށެވެ.

2020 ވަނަ އަހަރު ޕީޓާސްބޮރޯ އިން 5 މިލިއަނަށް ބްރެންޓްފޯޑަށް ބަދަލުވުމަށްފަހު އޭނާ ވަނީ އެ ޓީމު ޕްރިމިއަ ލީގަށް ގެނައުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މުޅިން އަލަށް ބްރެންޓްފޯޑު ޕްރިމިއަލީގަށް ޕްރޮމޯޓުވި ސީޒަންގައި އޭނާ ވަނީ ޗެމްޕިއަންޝިޕްގައި 31 ގޯލު ކާމިޔާބުކޮށްދީފައެވެ.

އަދި ޕްރިމިއަ ލީގުގެ ފުރަތަމަ ސީޒަންގައި 12 ގޯލު ކާމިޔާބު ކުރި އިރު، ޖެހިގެން އައި 2022/23 ގައި 20 ގޯލު ކާމިޔާބުކޮށްފައިވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.