Advertisement

ހަމޭސް ރޮޑްރިގޭޒް ރެއާލް މެޑްރިޑުގައި --

27 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ހަމޭސް ރޮޑްރިގޭޒް އޭނާގެ ކެރިއަރުގެ 11 ވަނަ ކްލަބަށް ބަދަލުވެއްޖެ

އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ކޮލަމްބިޔާގެ ޕްލޭ މޭކަރ، ހަމޭސް ރޮޑްރިގޭޒް އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ 11 ވަނަ ކްލަބަށް ބަދަލުވުމަށް ނިންމައިފިއެވެ. މިހާތަނަށް ދުނިޔޭގެ ތަފާތު 10 ލީގެއްގައި ކުޅެފައިވާ ރޮޑްރިގޭޒް މި ފަހަރު އޭނާ އެނބުރި ދާނީ ސްޕެއިން އަށެވެ.

ހޯމަ ދުވަހު ސްޕެނިޝް ލީގުގެ ރިއަލް ވަލަކާނޯ އިން ވަނީ ކޮލަމްބިއާގެ ގައުމީ ޓީމުގެ ކެޕްޓަން އެ ޓީމަށް ހިލޭ ޓްރާންސްފާރ އެއްގައި ގުޅޭނެކަން ހާމަކޮށްފައެވެ.

އުމުރުން 33 އަހަރުގެ ރޮޑްރިގޭޒް އެންމެ ފަހުން ކުޅެމުން އައި ބްރެޒިލްގެ ސައޯ ޕައުލޯއާ ދެމެދު ހަދާފައިވާ އެއްބަސްވުން ވަނީ މިދިޔަ ސީޒަން ނިންމުމަށްފަހު އުވާލާފައެވެ. އަދި އެއަށްފަހު ވަލަކާނޯއަށް އޭނާ މި ބަދަލުވީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައެވެ. ނަމަވެސް ބޭނުންނަމަ، އިތުރު އެއް އަހަރަށް އެގްރީމެންޓު ދައްމާލެވިދާނެކަމަށް ބުނާ މާއްދާއެއް ވެސް މި އެއްބަސްވުމުގައި ވެއެވެ.

ގިނަ ދުވަސްތަކެއްވުމަށްފަހު، ރޮޑްރިގޭޒްގެ މޮޅު ކުޅުމެއް ވަނީ އެންމެ ފަހުން އެމެރިކާގައި ބޭއްވި ކޮޕައެމެރިކާގައި ފެނިފައެވެ. އެގޮތުން މުޅި މުބާރާތުގައި އެއް ގޯލާއި ހަ އެސިސްޓު ކޮށްދިން އިރު، އޭނާގެ ކޮލަމްބިއާ ވަނީ ފައިނަލުގައި ވެސް ކުޅެފައެވެ.

ރޮޑްރިގޭޒްގެ ސީނިއަރ ކެރިއަރު ފެށީ ކޮލަމްބިއާގެ އެންވިގާޑޯއިންނެވެ. އެ ކުލަބަށް ދެ އަހަރު ކުޅުމަށްފަހު އޭނާ ބަދަލުވީ އާޖެންޓީނާގެ ބެންފީލްޑަށެވެ. އެންމެ ފުރަތަމަ ޔޫރަޕްގެ ޓީމަކަށް އޭނާ ކުޅުނީ 2010 ގެ ވޯލްޑް ކަޕަށް ފަހު، ޕޯޗުގަލްގެ ޕޯޓޯއަށެވެ. އޭގެ ފަހުން ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ ފްރާންސްގެ މޮނާކޯއަށް ކުޅުމަށްފަހުއެވެ. ރެއާލް މެޑްރިޑުގެ ކޮންޓްރެކްޓް މުއްދަތުގައި އޭނާ ވަނީ ލޯނެއްގައި ބެޔާން މިއުނިކަށް ވެސް ކުޅެފައެވެ.

ސްޕެއިން އާއި ޖަރުމަނު ލީގުގައި ކުޅުމަށް ފަހު ރޮޑްރިގޭޒް ވަނީ އިންގްލިޝް ޕްރިމިއަރ ލީގުގެ އެވަޓަންއަށް ވެސް ކުޅެފައެވެ. އަދި އޭގެ ފަހުން ގަތަރުގެ އަލް-ރައްޔާންއަށް ކުޅުމަށްފަހު، ބްރެޒިލްއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ގްރީސްގެ އޮލިމްޕިއާކޯސްއަށް ވެސް ކުޅެފައެވެ.

ރޮޑްރިގޭޒް އޭނާގެ މުޅި ކެރިއަރުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީފައިވަނީ ރިއާލް މެޑްރިޑަށެވެ. އެ ކްލަބަށް 85 މެޗު ކުޅެދިން އިރު 29 ގޯލު ވަނީ ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.