Advertisement

13 Aug 2024
ކުޅިވަރު

މެންޗެސްޓަރ ސިޓީ ދޫކޮށް އަލްވަރޭޒް އެތުލެޓިކޯއަށް ބަދަލުވެއްޖެ

މެންޗެސްޓަރ ސިޓީގައި ކުޅުމަށް ލިބޭ ވަގުތު މަދުކަމުން ހިތްހަމަނުޖެހިފައިހުރި ހޫލިއަން އަލްވަރޭޒް، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ.

އާޖެންޓީނާގެ ގައުމީ ޓީމާއެކު ވޯލްޑު ކަޕްގެ އިތުރުން ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައިވާ 24 އަހަރުގެ އަލްވަރޭޒް އެތުލެޓިކޯއަށް ބަދަލުވެފައިވަނީ 95 މިލިއަން ޔޫރޯއަށެވެ.

މި އަގުގެ ތެރެއިން އެތުލެޓިކޯއިން ފުރަތަމަ ދޭނީ 75 މިލިއަން ޔޫރޯއެވެ. އަދި އެއަށްފަހު އެ ޓީމެއް ބަދަލުވެ، ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ބޯނަސްގެ ގޮތުގައި އިތުރު 20 މިލިއަން ޔޫރޯ ދިނުމަށް އެތުލެޓިކޯ އިން ވަނީ އެއްބަސްވެފައެވެ.

މިއީ މެންޗެސްޓަރ ސިޓީއިން ކުޅުންތެރިއަކު ވިއްކާލި އެންމެ ބޮޑު އަގެވެ. އަދި މި ޓްރާންފާއާއެކު އެ ކުލަބުން މިވަނީ ބޮޑު ފައިދާއެއް ވެސް ހޯދާފައެވެ. އަލްވަރޭޒް ރިވާރ ޕްލޭޓް ދޫކޮށް 2022 ވަނަ އަހަރު ސިޓީއަށް ބަދަލުވެފައިވަނީ 21.4 މިލިއަން ޔޫރޯއަށެވެ. އެހެންކަމުން ޖުމްލަ 70 މިލިއަން ޔޫރޯއަށް ވުރެން ބޮޑު ފައިދާ ސިޓީއެއް ލިބޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.