Advertisement

26 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ރޮނާލްޑޯ އާއި މެސީއާ އަޅާކިޔާއިރު، އުމުރުން 24 އަހަރުގައި ހާލަންޑުގެ ގޯލު ޖެހުމުގެ ރެކޯޑު މާ އުހުގައި

މި ޖީލު ދުށް އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިން ކަމުގައިވާ، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނެލް މެސީގެ އުމުރުން 24 އަހަރު ގޯލު ޖަހަމުން އައި މިންވަރާއި، މެންޗެސްޓަރ ސިޓީގެ ނޯވޭ ފޯރވާޑް، އަރލިންގް ހާލަންޑު މި އުމުރުގައި ގޯލުޖަހަމުން އަންނަ މިންވަރު މާ ގިނައެވެ.

އުމުރުން 24 އަހަރުގައި ހާލަންޑު މިވަނީ އޭނާގެ ޕްރޮފެޝަނަލް ކެރިއާރގައި ކުޅުނު 315 މެޗުން 260 ގޯލު ކާމިޔާބުކޮށްފައެވެ. އޭނާގެ މި ރެކޯޑަކީ މެސީ އާއި ރޮނާލްޑޯ އާ އަޅާކިޔާއިރު، ވަރަށް ތަފާތު ރެކޯޑެކެވެ.

އެގޮތުން އުމުރުން 24 އަހަރުގައި، ނުވަތަ ހާލަންޑު މިހާރު އެ ހުރި ސްޓޭޖުގައި، ރޮނާލްޑޯއަށް 362 މެޗުން ކާމިޔާބު ކުރެވުނީ 132 ގޯލެވެ. އަދި 326 މެޗުން މެސީއަށް ކާމިޔާބު ކުރެވުނީ 197 ގޯލެވެ. އެހެންކަމުން ހާލަންޑު މިވަނީ މެސީއަށް ވުރެން 63 ގޯލު އަދި ރޮނާލްޑޯއަށް ވުރެން 128 ގޯލު އިތުރަށް ކާމިޔާބުކޮށްފައެވެ.

މި މުއްދަތުގައި މެސީ ކުޅެފައިވަނީ ބާސެލޯނާއަށެވެ. އަދި ރޮނާލްޑޯ ވަނީ މެންޗެސްޓަރ ޔުނައިޓެޑުގެ އިތުރުން ސްޕޯޓިން ލިޒްބަންއަށް ވެސް ކުޅެފައެވެ.

މިކަމުގައި އޮތް ހަމައެކަނި ތަފާތަކީ، ކެރިއަރުގެ ކުރީކޮޅު މެސީއާއި ރޮނާލްޑޯ ސެންޓްރަލް ފޯވާރޑުންގެ ގޮތުގައި މަދުން ނޫނީ ކުޅެފައި ނުވުމެވެ. މި ދެ ކުޅުންތެރިން ކުރިން ބޮޑަށް ކުޅެފައިވަނީ ދެ އަރިމަތިންނެވެ. ހާލަންޑު މުޅިންވެސް ކުޅެނީ ސެންޓްރަލް ފޯވާޑަށެވެ.

މި ސީޒަނުގެ ފުރަތަމަ ދެ މެޗުން ހާލަންޑު ވަނީ 4 ގޯލު ކާމިޔާބު ކޮށްފައެވެ. މީގެ ތެރޭގައި، މިދިޔަ ހޮނިހިރު ދުވަހު އިޕްސްވިޗް ކޮޅަށް ހެދި ހެޓްރިކް ވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.