ސިޙުރުގެ މައްސަލަ ރައީސާއި ގުޅުވައި، މުޅި ދުނިޔޭގައި ޚަބަރުތައް ފެތުރުނުފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ވާހަކަތައް ދޮގުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން ހީނާ ވަލީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޙުރުގެ މައްސަލަ އާއި ގުޅުވައި، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާކަމުގައިވެސް ހީނާ ވިދާޅުވިއެވެ.