Advertisement

ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށްފަހު ހާލަންޑު

26 Nov 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ލިވަޕޫލާއި ސިޓީ އެއްވަރުވިއިރު ހާލަންޑަށް ލީގު ރެކޯޑެއް

އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު، ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާއި ދެވަނައިގައި އޮތް ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އެއްވަރު ވެއްޖެއެވެ. އަދި ސިޓީގެ އިތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޖުގައި އެ ޓީމަށް ހާލަންޑު ކާމިޔާބު ކޮށްދިން ގޯލާއެކީ، އޭނާ ވެގެން ގޮސްފައިމިވަނީ ލީގުގައި އެންމެ އަވަހަށް 50 ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ.

މިދިޔަ އަހަރުގެ ޖޫންގައި ޖަރުމަހްގެ ބްރޫޝިއާ ޑޯޓްމަންޑުން ސިޓީއަށް ބަދަލުވި ހާލަންޑު، ޕްރިމިއަރ ލީގުގެ މި ރެކޯޑު މި އައުކުރީ 48 މެޗުންނެވެ. ކުރިން މި ރެކޯޑު އޮތީ މެންޗެސްޓަރ ޔުނައިޓެޑަށާއި ނިއުކާސްލް ޔުނައިޓެޑަށް ކުޅުނު އެންޑްރޫ ކޯލްގެ އަތުގައެވެ. އޭނާ 50 ގޯލު ކާމިޔާބުކުރީ 65 މެޗުންނެވެ. އެއީ ހާލަންޑަށް ވުރެން އިތުރަށް 17 މެޗު ކުޅެގެނެވެ.

ލިވަޕޫލުން ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި ނިކުތް އިރު، ސިޓީ ބަލިކޮށް ލީގު އެއްވަނައަށް ކުރިޔަށް ޖެހިލުމުގެ ފުރުސަތު އެޓީމަށް އޮތެވެ. ނަމަވެސް މެޗުގެ 27 ވަނަ މިނެޓުގައި ހާލަންޑު ޖެހި ގޯލާއެކީ، މެޗުން މޮޅުވުމުގެ ފުރުސަތު ލިވަޕޫލަށް ހަނިވެގެން ދިޔަ ނަމަވެސް، އަލެކްސެންޑަރ އާނޯލްޑް މެޗުގެ 80 ވަނަ މިނެޓުގައި ޖެހި ރީތި ގޯލުން، ސިޓީއަށް ލީގު އެއްވަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު ގެއްލުވާލެވުނެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.