Advertisement

13 Apr 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ހާލަންޑް އަކީ 'ގޯލް މެޝިނެއް' ތަ؟

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިލް ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީ އިން ބޮޑު ތަފާތަކުން ޖަރުމަންގެ ޗެމްޕިއަން, ބެޔާން މިއުނިކް ބަލިކުރި މެޗުގައި ގޯލު ޖަހައި, އިންގްލިޝް ޕްރިމިއަރ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރިކޯޑް އެޓީމުގެ ޒުވާން ފޯވާޑް, ނޯވޭގެ އަރލިންގ ހާލަންޑް މުގުރާލައިފިއެވެ. ބެޔާން މިއުނިކް ކޮޅަށް ޖެހި ގޯލާއި އެކު, ޖުމްލަ 45 ގޯލު ހާލަންޑް ވަނީ 2022/23 ސީޒަނުގައި ކާމިޔާބު ކޮށްފައެވެ

މި ރެކޯޑް ކުރިން އޮތީ ލިވަރޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ މުޙައްމަދު ޞަލާހް އަދި ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ނެދަލޭންޑްސްގެ ރޫޑް ވެން ނިސްޓެލްރޯއީ އަތުގައެވެ. ވެން ނިސްޓެލްރޯއީ މި ރެކޯޑް 2002/03 ސީޒަނުގައި ހެދި އިރު, ޞަލާހް މި ރެކޯޑާއި ހަމަކުރީ 2017/18 ސީޒަނުގައެވެ. އެއީ އިޓަލީގެ އޭ. އެސް. ރޯމާ އިން ލިވަޕޫލަށް ބަދަލުވެ, ލިވަޕޫލްގެ ރަތް ޖާޒީގައި ޞަލާހް ކުޅުނު ފުރަތަމަ ސީޒަންގައެވެ.

އުމުރުން އެންމެ 22 އަހަރުގެ ހާލަންޑްގެ މި ރެކޯޑުގެ އަނެއް ހާއްސަކަމަކީ, އޭނާ 45 ގޯލު ޖެހުމަށް ކުޅުނު މެޗުތަކުގެ އަދަދު މަދު ވުމެވެ. ޞަލާހް އަދި ވެން ނިސްޓެލްރޯއީ 44 ގޯލު 52 މެޗުން ކާމިޔާބު ކުރިއިރު, ސީޒަނުގައި އަދި ގިނަ މެޗުތަކެއް ބާކީ އޮއްވައި ހާލަންޑު މި ރިކޯޑު މި ގާއިމްކުރީ 39 މެޗު ކުޅެގެންނެވެ

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 5 އަހަރުގެ ކޮންޓްރެކްޓެއްގައި އިނިގިރޭސި ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ހާލަންޑު ބަދަލުވީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ޑޯޓްމަންޑުގައި ދެ ސީޒަނާއި ބައި ހޭދަކޮށްފައިވާއިރު, އޭނާ ވަނީ އެ ކްލަބުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޖުމްލަ 89 މެޗުން 86 ގޯލު ކާމިޔާބު ކޮށްފައިވެއެވެ.

ހުރިހާ ގޮތަކުން ބަލާއިރު ވެސް ހާލަންޑްއަކީ ފުރިހަމަ 'ސްޓްރައިކަރ' އެކެވެ. އިސްކޮޅުންދިގު, ހަލުވި, މަތިން އަންނަ ބޯޅަތަކަށް ފަރިތަ އަދި ދެ ފައިން ވެސް ކުޅުމުގެ ހުނަރު ލިބިފައިވުމަކީ މި ފުރިހަމަ ކަމުގެ އަސްލުކަމުގައި ނުވެ ނުދާނެކަން ކަށަވަރެވެ. އަދި މިއީ ކުރިން މެންޗެސްޓަރ ސިޓީއަށް ކުޅުނު އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް, ސަރޖިއޯ އަގުއެރޯ, ގެ ރަގަޅު ބަދަލަކަށް ވާނެ ކަމާއިމެދު މިހާތަނަށް ހާލަންޑް ދައްކާފައިވާ ކުޅުމުން ޔަގީންކުރެވެއެވެ

ހާލަންޑްގެ ވާހަކަ ޔޫރަޕްގައި އަޑު ހަރުކޮށް ދެކެވެން ފެށީ އޭނާ އޮސްޓްރޭލިއާގެ ޗެމްޕިއަން, ރެޑް ބުލް ސަލްސްބަރގް އަށް ބަދަލުވުމަށްފަހުއެވެ. 2019 ގައި އެޓީމަށް ކުޅެން ފެށި ފަހުން އެ އަހަރުގެ އޯގަސްޓް މަހާއި ސެޕްޓެމްބަރ މަހު އެކަނިވެސް, ޖުމްލަ 9 މެޗުން އޭނާ ވަނީ ވަނީ 17 ގޯލު ޖަހާފައެވެ. ހާލަންޑް ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް ކުޅުނީ ވެސް މި މުއްދަތުގައެވެ. ބެލްޖިއަމްގެ ގެންކް އާއި ދެކޮޅަށް ކުޅުނު އެ މެޗުގައި ހާލަންޑް ވަނީ 9 ގޯލު ޖަހާ 3 ހެޓްރިކް ފުރިހަމަ ކޮށްފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.