Advertisement

15 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ސުޕާ ކަޕުގެ ކާމިޔާބާއެކު، އެންޗެލޮޓީ، މޮޑްރިޗް އަދި ކާވަހާލްގެ އިތުރު ރަން ސަފްހާތަކެއް

ޔޫރަޕިއަން ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޔޫއެފާ ސުޕާ ކަޕް ރިއާލް މެޑްރިޑުން ކާމިޔާބުކުރި އިރު، އެ ކްލަބުގެ ކޯޗު، ކާލޯ އެންޗެލޮޓީ އާއި އެ ކްލަބަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެމުން އަންނަ، ލުކާ މޮޑްރިޗް އަދި ޑެނީ ކާވަހާލް އިތުރު ރެކޯޑުތަކެއް ހަދައިފިއެވެ.

ޔޫރަޕުގެ ބޮޑު ދެ މުބާރާތުގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު މިމެޗު މެޑްރިޑުން ކާމިޔާބުކުރީ 2-0 އިންނެވެ. ޕޮލަންޑުގެ ވެރިރަށް ވާރސޯގައި ކުޅުނު މި މެޗުގައި، ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި ރެއާލް މެޑްރިޑުން ބައްދަލުކުރީ، ޔޯރަޕާ ލީގުގެ ޗެމްޕިއަނުން ކަމުގައިވާ އެޓަލާންޓާއާ ދެކޮޅަށެވެ.

މެޑްރިޑްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 59 ވަނަ މިނެޓުގައި ވަލްވާރޑޭއެވެ. އަދި އެ ޓީމުގެ ދެވަނަ ގޯލު އޭގެ 9 މިނެޓު ފަހުން ކާމިޔާބުކޮށްދިނީ، އަލަށް އެ ޓީމާ ގުޅުނު ފްރާންސްގެ ތަރި ކީލިއަން އެމްބައްޕޭއެވެ.

މި ކާމިޔާބާ އެކީ މިހާރު މެޑްރިޑަކީ ސުޕާ ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ. އެމީހުން މިހާރު ސުޕަ ކަޕް 6 ފަހަރަށް ކާމިޔާބު ކޮށްފައިވާއިރު، ވާދަވެރި ބާސެލޯނާ އަދި އޭސީ މިލާނަށް ކާމިޔާބު ކުރެވިފައިވަނީ 5 ފަހަރުއެވެ. މެޑްރިޑުން ސުޕަ ކަޕް ކާމިޔާބުކޮށްފައިވަނީ 2002، 2014، 2016، 2017، 2022 އަދި މި އަހަރުއެވެ.

މީގެ އިތުރުން، މި ކާމިޔާބީ އެންމެ ހާއްސަވީ މެޑްރިޑްގެ މޮޑްރިޗާއި ކާވަހާލްއަށެވެ. މި ދެ ކުޅުންތެރިންނަކީ މިހާރު ސުޕަ ކަޕްގެ އެންމެ ކާމިޔާބު ދެ ކުޅުންތެރިންނެވެ. 2014 ގެ ފަހުން މެޑްރިޑުން ސުޕަ ކަޕް ކާމިޔާބުކުރި ހުރިހާ ފަހަރެއްގައި ވެސް މި ދެ ކުޅުންތެރިން ވަނީ ޓީމުގައި ހިމެނިފައެވެ. އެގޮތުން މިއީ މި ކުޅުންތެރިން ސުޕަ ކަޕް އުފުލާލި ފަސް ވަނަ ފަހަރެވެ. މި ދެ ކުޅުންތެރިންނާ އެއް ހަމައެއްގައި ކުރިން ތިބީ، ޑެނީ އަލްވޭޒް، ކަރީމް ބެންޒީމާ، ޓޯނީ ކްރޫޒް އަދި ޕައުލޯ މަލްޑިނީއެވެ.

އެންމެ ކާމިޔާބު ދެ ކުޅުންތެރިންގެ އިތުރުން، ސުޕަ ކަޕްގައި އެންމެ ގިނައިން ކުޅެފައިވަނީ ވެސް މޮޑްރިޗާއި ކާވަހާލްއެވެ. މި ދެ ކުޅުންތެރިން ވެސް މިހާރު ވަނީ ތަފާތު 6 ސުޕަ ކަޕްގައި ކުޅެފައެވެ.

މި ކާމިޔާބީ ދެން ހާއްސަވަނީ، މެޑްރިޑްގެ ކޯޗު، ކާލޯ އެންޗެލޮޓީއަށެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން، އެންޗެލޮޓީއަކީ މިހާރު ސުޕަ ކަޕްގައި ވެސް އެންމެ ކާމިޔާބު ކޯޗެވެ. އެގޮތުން އޭނާ މިހާރު ވަނީ ކޯޗެއްގެ ގޮތުގައި ސުޕަ ކަޕް 5 ފަހަރަށް ކާމިޔާބުކޮށްފައެވެ.

އެންޗެލޮޓީ އެންމެ ފުރަތަމަ ސުޕަ ކަޕް ކާމިޔާބުކުރީ އޭސީ މިލާންގައެވެ. އެއީ 2003 އަދި 2007 ގައެވެ. އަދި އޭގެ ފަހުން ރެއާލް މެޑްރިޑާއެކު 2014، 2022 އަދި 2024 ގައެވެ. މި ފަހަރުގެ ކާމިޔާބާއެކީ، ސުޕަ ކަޕްގައި އެންޗެލޮޓީ މިވަނީ ޕެޕް ގާޑިއޯލާ ފަހަތަށް ޖައްސާލާފައެވެ.

ގާޑިއޯލާ ސުޕަ ކަޕް 4 ފަހަރު ކާމިޔާބުކޮށްފައިވާއިރު، އެންމެ ފާހަގަ ކޮށްލެވެނީ އޭނާ ތަފާތު 3 ކްލަބަކާއެކު މުބާރާތް ކާމިޔާބުކޮށްފައިވުމެވެ. އެގޮތުން 2009 އަދި 2011 ގައި ބާސެލޯނާ، 2013 ގައި ބެޔާން މިއުނިކް އަދި 2023 ގައި މުބާރާތް ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީއާއެކުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.