ޕީޖީގެ މަޤާމައް ޢައްބާސް ޝަރީފް ޢައްޔަނުކުރުމަށް ރުހުންދޭން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި
އެކޮމިޓީން މިއަދު ވަނީ، އައްބާސް ޝަރީފާއި އިންޓަރވިއުކޮށްފައެވެ. މިގޮތުން، އިންޓަރވިއު ކުރުމަށް ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހުގައި، ކޮމިޓީގެ މުޤައްރިރު، މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވީ، ޕީޖީގެ މަޤާމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ޢައްބާސް ޝަރީފްގެ ޝަރުޠު ހަމަވާކަމަށާއި އަދި އޭނާ އެމަޤާމަށް ޢައްޔަނުކުރެއްވުމާއު ގުޅޭ ގޮތުން ޝަކުވާއަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ޝަކުވާއެއްވެސް ލިބިފައި ނުވާ ކަމަށެވެ. އަދި އިންޓަވިއުގައި މެމްބަރުން މާކްސް ދެއްވި ގޮތަށް ބަލާއިރު ޢައްބާސް ޝަރީފަށް، %93.7 އިންސައްތަ މާކްސް ލިބިވަޑައިގެންނެވި ކަމުގައިވެސް ކޮމިޓީގެ މުޤައްރަރު ވިދާޅުވިއެވެ.