Advertisement

05 May 2024
ސްޕެނިޝް ލަ ލީގާ
މިފްތާޙް މުޙައްމަދު

ބާސެލޯނާއަށް މޮޅުނުވެވުމުން ރެއާލް މެޑްރިޑަށް ލީގު ޔަގީންވެއްޖެ

ސްޕެނިޝް ލަ ލީގާގައި ހޮނިހިރު ދުވަހުގެރޭގެ އިރާކޮޅު ރެއާލް މެޑްރިޑު މޮޅުވެފައިވަނިކޮށް، ބާސެލޯނާއަށް އެ ޓީމުގެ މެޗު ކާމިޔާބު ނުކުރެވުމާ ގުޅިގެން، މި ސީޒަނުގެ ތަށި މެޑްރިޑަށް ޔަގީންވެއްޖެއެވެ.

ރޭގެ މެޗުގައި ރެއާލް މެޑްރިޑުން ނިކުތީ ކެޑިޒް އާ ދެކޮޅަށެވެ. މެޑްރިޑު 3-0 އިން މި މެޗު ކާމިޔާބުކޮށްފައިވާއިރު، ބާސެލޯނާއިން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ވަނީ 4-2 އިން ބަލިވެފައެވެ.

ޖިރޯނާއިން ބާސެލޯނާގެ މައްޗަށް ކުރިހޯދީ، ފުރަތަމަ ހާފުގައި ބާސެލޯނާއިން 2-1 ގެ ލީޑެއް ނަގާފައިވަނިކޮށެވެ. އެހެންކަމުން، ލީގުގައި ބާކީ 4 މެޗު އޮތްއިރު، މެޑްރިޑުން ނަގާފައިވާ ލީޑަކީ ބާސެލޯނާއަށް ދެން އަތުވާނެ ލީޑެއް ނޫނެވެ.

ރޭގެ މެޗުގައި މެޑްރިޑުގެ 3 ގޯލު ވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. މެޑްރިޑުގެ ފުރަތަމަ ގޯލަކީ ކެޑިޒްގެ ނުރައްކާތެރި ހަމަލާއެއް ތިއާބަތު ކޯޓްވާ މަތަކުރިތާ 1 މިނެޓު ފަހުން ފެނިގެން ދިޔަ ގޯލެކެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 51 ވަނަ މިނެޓުގައި ބްރާހިމާ ޑިއާޒްއެވެ.

އެ ޓީމުގެ ދެވަނަ ގޯލަކީ، މެޑްރިޑަށް ބަދަލުވުމަށްފަހު އެ ޓީމުގެ މި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ، ޖޫޑް ބެލިންގްހަމް ކާމިޔާބުކުރި ގޯލެކެވެ. އަދި މި ސީޒަންގެ ކާމިޔާބާއެކު، 20 އަހަރުގެ ބެލިންގްހަމް މި ހިމެނުނީ ލަ ލީގާ ކާމިޔާބުކުރި މަދު އިނގިރޭސި ކުޅުންތެރިންގެ ތެރޭގައެވެ. މީގެ ކުރިން ލަ ލީގާ ކާމިޔާބުކޮށްފައިވާ އިނގިރޭސި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ލައުރީ ކަނިންގްހަމް (1979-80)، ސްޓީވް މެކްމަނަމަން (2000-01 އަދި 2002-03)، ޑޭވިޑް ބެކަމް (2006-07) އަދި ކިއަރަން ޓްރިޕިއާ (2020-21) އެވެ.

މެޑްރިޑުގެ ފަހު ގޯލު ކާމިޔާބުކޮށްފައިވަނީ ހޮސޭލޫއެވެ.

ލީގުގައި މިހާތަނަށް މެޑްރިޑަށް ގެއްލިފައިވަނީ އެންމެ މެޗެކެވެ. އެހެންކަމުން، 99 ޕޮއިންޓާއެކު ލީގު ނިންމާލުމުގެ ފުރުސަތު އެ ޓީމަށް އަދި އެބައޮތެވެ. އެހެންވެއްޖެނަމަ މިއީ ދެވަނައަށް އެންމެ ގިނަ ޕޮއިންޓާއެކު ސީޒަން ނިންމާލެވޭނެ ފަހަރަށް ވެގެންދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.