Advertisement

09 May 2024
އޫއެފާ ޗެމްޕިއަންސް ލީގް
މިފްތާޙް މުޙައްމަދު

ހޮސޭލޫ ބެންޗުން އަރާ ރިއާލް މެޑްރިޑް ފައިނަލަށް ގެންގޮސްދީފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބެޔާން މިއުނިކް 2-1 އިން ބަލިކޮށް، ރެއާލް މެޑްރިޑް މި މުބާރާތުގެ ފައިނަލަށް 18 ވަނަ ފަހަރަށް ދަތުރުކޮށްފިއެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު މެޗުގެ ކޮންޓްރޯލު ނަގައި، ގިނަ ވަގުތު ބޯޅަގެންގުޅުނީ ރެއާލް މެޑްރިޑެވެ. އަދި އެ ވަގުތުތަކުގައި ބެޔާންގެ ހަމަލާއެއް ފެނުނީ ކައުންޓަރ އެޓޭކުތަކުންވެ. ނަމަވެސް، ފުރަތަމަ ހާފުގެ މެދެއްހާ ހިސާބުން ބެޔާންއިން ކުޅުން ރަގަޅުކޮށް، މެޗުގެ ތެރެއަން ރަގަޅަށް ވަތްކަން ފާހަގަކުރެވުނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ބެޔާންއެވެ. އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 68 ވަނަ މިނެޓުގައި އަލްފޮންސޯ ޑޭވިސްއެވެ. އޭގެ ފަހުން ރެއާލް މެޑްރިޑުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ބެޔާންގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް މެނުއެލް ނޯޔާރ ވަނީ މި ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި ނަތިޖާއާއެކު، ބެޔާންގެ ކޯޗު، ތޯމަސް ޓުޗެލް އޭނާގެ ގޭމް ޕްލޭން ބަދަލުކޮށް، ބޮޑަށް ޑިފެންސް ކުރުމަށް ވިސްނާ، ލެރޯއީ ސާނޭ އާއި ހެރީ ކޭން އަދި ޖަމާލް މުސިއާލާ ބަދަލުކުރިއެވެ.

މެޗުގެ ފަހު ދިހަ މިނެޓަށް ދިޔަތަނާ، މެޑްރިޑުގެ ކޯޗު، ކާލޯ އެންޗެލޮޓީ ގެނައީ އެޓޭކިން ބަދަލުތަކެކެވެ. އޭނާ ކުޅެން ނެރުނީ ވަލްވަރްޑޭ އަދި ރޮޑްރީގޯގެ ބަދަލުގައި ހޮސޭލޫ އަދި ބްރާހިމް ދިއާޒްއެވެ. މި ބަދަލު ވެގެންދިޔައީ މެޗު ބަދަލުކުރި ފޮމިއުލާއަށެވެ.

ހޮސޭލޫ މެޗުގެ އޮއިވަރު ބަދަލުކޮށްލީ 4 މިނެޓުގެ ތެރޭގައެވެ. އޭނާގެ ފުރަތަމަ ގޯލަކީ މެޗުގެ 88 ވަނަ މިނެޓުގައި ބެޔާންގެ ކީޕަރު، ނޯޔާއަށް މި މެޗުގައި ހެދުނު ފުރަތަމަ މިސްޓޭކުގެ ބޭނުން ހިފައި ކާމިޔާބުކުރި ގޯލެކެވެ. ވިނީސިއަސް ޖޫނިއަރ ގޯލަށް ފޮނުވާލި ބޯޅައެއް ނޯޔާރ ހިފަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ވެއްޓުނުއިރު، ހޮސޭލޫ ހުރީ އެ ފުރުސަތަށް ބަލާށެވެ. އަދި ބޯޅަ ވެއްޓުމާއެކު ހޮސޭލޫ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާ ނަތީޖާ ހަމަހަމަކޮށްފައެވެ.

އޭގެ 4 މިނެޓު ފަހުން، 1+90 ވަނަ މިނެޓުގައި ހޮސޭލޫ މެޑްރިޑަށް ލީޑު ނަގައިދިނީ ރުޑީގާ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައަކުންނެވެ. މިއީ މި ސީޒަނުގައި އެސްޕެންޔޯލްއިން މެޑްރިޑަށް ބަދަލުވި ޖޮސޭލޫ އެ ޓީމަށް ކާމިޔާބުކޮށްދިން 16 ވަނަ ގޯލެވެ.

މުބާރާތުގެ ފައިނަލް އޮންނާނީ ޖޫން މަހުގެ 2 ވަނަ ދުވަހު، އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.