Advertisement

05 Jul 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

ޓޯނީ ކްރޫޒްގެ ޕްރޮފެޝަނަލް ކެރިއަރު މިރޭ ނިމުމަކަށް އަތުވެދާނެބާ؟

ޖަރުމަނު ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު، އަދި ސްޕެނިޝް ލީގުގައި ކުޅެމުން ދިޔަ މޮޅެތި މިޑްފީލްޑަރުންގެ ލިސްޓުގެ ކުރީ ސަފުގައި ހިމެނޭ ޓޯނީ ކްރޫޒް މިރޭ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ކުޅޭ ކުއާޓާ ފައިނަލު މެޗަކީ، އޭނާގެ ކުޅުން ބަލާލުމަށް އަހަރެމެންނަށް ލިބޭ އެންމެ ފަހު ފުރުސަތުކަމަށް ވެސް ވެދާނެއެވެ.

ރިއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ދެން އައު ނުކުރަން ނިންމައި، ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރުގެ އެންމެ ފަހު ޖުމްލަތައް ލިޔަމުންދާ ކްރޫޒް ބުނެފައިވަނީ، ޔޫރޯ ފުޓުބޯޅަ މުބާރާތާއެކީ އޭނާގެ ބޫޓު އެލުވާލާނެކަމަށެވެ.

ހަމަގައިމު ވެސް ދެން އޭނާ ރެއާލް މެޑްރިޑުގެ ޖާޒީގައި ޕްރޮފެޝަނަލް މެޗެއް ނުކުޅޭނެއެވެ. އަދި މިރޭ ސްޕެއިންއާ ބައްދަލުކުރާ މެޗަކީ ގައުމީ ޓީމަށް އޭނާ ކުޅެދޭ އެންމެ ފަހު މެޗަށް ވުން ވެސް ގާތެވެ. އެހެންކަމުން މިރޭގެ މެޗުގައި އޭނާ ކުޅޭ 90 މިނެޓުގައި އަޅާ ކޮންމެ ފިޔަވަޅަކީ، ޖަރުމަނު ސަޕޯޓަރުންނާއި، ކްރޫޒްއަށް ސަޕޯޓުކުރާ މީހުނަށް މުހިންމު ފިޔަވަޅެކެވެ.

ކްރޫޒް އާ އެކު ނިމިދިޔަ ސީޒަނުގައި މެޑްރިޑަށް ކުޅެފައިވާ ހޮސޭލޫ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، މިރޭގެ މެޗަކީ ކްރޫޒްގެ ފަހު މެޗަށް ވާން ސްޕެއިން ޓީމުން ބޭނުންވާކަމަށެވެ. އަދި ކްރޫޒްއަކީ ރަހްމަތްތެރިއެއް ކަމަށް ވިޔަސް، މުބާރާތަށް ވިސްނާނަމަ، އެ ނޫން ވިސްނުމެއް ނެތްކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރެމެން ބޭނުންވަނީ ހުކުރު ދުވަހުގެރޭ ޓޯނީ ރިޓަޔާކުރަން. އޭނާއަކީ އަހަރެންގެ ރަހްމަތްތެރިއެއް. އޭނާއާ ވަރަށް ގިނަ ކަންކަމުގައި މަޝްވަރާވެސް ކޮށްފައި ހުންނާނެ. އަދި އޭނާ އަހަރެންނަށް ވަރަށް ގިނަ އިރުޝާދާއި ނަސޭހަތްވެސް ދީފައި ހުންނާނެ. ނަމަވެސް މިވަގުތުގެ ވިސްނުން ހުރީ ސްޕެއިން ޓީމާއި ކުއާޓާ ފައިނަލް މެޗަށް. އެހެން ޓީމު ތަކާއި، އެ ޓީމު ތަކުގެ ކުޅުން ތެރިން މުހިންމެއް ނޫން"

ކުރޫޒްގެ ރިޓަޔަމެންޓާ ގުޅޭ ގޮތުން ހޮސޭލޫ ބުންޏެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާ ކުރުމަށް އުމުރުން 34 އަހަރުގެ ކްރޫޒް ނިންމާފައިވަނީ މިދިޔަ މެއި މަހުއެވެ. މި ނިންމުން ވެގެން ދިޔައީ، ރެއާލް މެޑްރިޑާއި އަދި ގިނަ ބަޔަކަށް ސިހުން ގެނުވި ނިންމުމަކަށެވެ. ސަބަބަކީ މިހާރު އޭނާގެ ފޯމާއި ކުޅެމުންދާ މޮޅު ކުޅުމެވެ. ނަމަވެސް ރިޓަޔާ ކުރާނީ ކެރިއަރުގެ އެންމެ އުހުގައި ހުރެފައި ކަމަށް ކުރޫޒް ވަނީ ކުރިން ބުނެފައެވެ.

ކުއާޓާ ފައިނަލާ ގުޅޭ ގޮތުން ކްރޫޒް ބުނެފައިވަނީ، ޖަރުމަނު ޓީމުން މިރޭ މަސައްކަތް ކުރާނީ މެޗު ޑޮމިނޭޓް ކުރަން ކަމަށެވެ. ނަމަވެސް މިރޭ ސްޕެއިން ޓީމުން އޭނާއާ ދެކޮޅަށް ނިކުންނާނީ ވެސް އެފަދަ ދެވަނައެއް ނެތް ފެންވަރުގެ މިޑްފީލްޑަރ ރޮޑްރީއެވެ.

ރޮޑްރީގެ ލީޑަޝިޕް ސްޕެއިން އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ފެނިގެން ދިޔައެވެ. ސްޕެއިން ގަދަ-16 ގައި ކުޅުނު މެޗުގައި ބައިކޮޅަށް ގޯލެއް ވަނުމާއެކީ، ކުޅުންތެރިން ހަމަޖައްސާ، ދަނޑު ތެރޭގައި ކުޅުންތެރިންނަށް ހިތްވަރު ދިން މަންޒަރު ކެމެރާތަކުން ފެނުނެވެ. އެހެންކަމުން މެޗުގެ ކޮންޓްރޯލް އަލުން ހޯދުމުގައި ބޮޑު ދައުރެއް އޭނާ ވަނީ އަދާކޮށްފައެވެ. މީގެ އިތުރުން، އެ މެޗުގައި ސްޕްއިންގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކުރީ އޭނާއެވެ.

ޔޫރޯގައި މިހާތަނަށް އެންމެ މޮޅު ކަމަށް ގަބޫލުކުރެވޭ ދެ ޓީމުގެ ކުރިމަތިލުން މިރޭ އޮންނައިރު، މެޗު ޑޮމިނޭޓް ކުރުމުގައި ކުރޫޒް އާއި ރޮޑްރީގެ ކުރިމަތިލުން ވެސް ބަލާ ފޫހިނުވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.