Advertisement

24 Aug 2024
ކުޅިވަރު

އޭޝިއަން ގޭމްސްގެ ސާރފިން ފިރިހެން ބައިން ވެސް ރާއްޖެއަށް ސްލޮޓެއް ލިބިއްޖެ

ކ. ތުލުސްދޫގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފިރހެން ޓީމުގެ ނަތީޖާ ރަގަޅުވުމާއެކު، 2026 ވަނަ އަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ސާފިންގެ ފިރިހެން ކެޓަގަރީގެ ސްލޮޓް ރާއްޖެ އަށް ކަށަވަރުވެއްޖެއެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ދެކުނު އޭޝިއާގެ އެއް ވަނަ ރާއްޖެއަށް ލިބިފައިވާއިރު، މުޅި އޭޝިއާ ސަރަހައްދުގެ ހަތަރު ވަނަ ވަނީ ރާއްޖެއަށް ކަށަވަރުވެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ ހޫދު އަހުމަދު (ހޫބްސް) ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ. ކުއާޓާ ފައިނަލުގައި  ހޫދު ވަނީ  9.10 ސްކޯކޮށްފައެވެ. އަދި އޭޝިއަން ގޭމްސްގެ ޖާގަ ރާއްޖެއަށް ކަށަވަރުވީ، ކުއާޓާގެ ދެވަނަ ހީޓުގައި އިންޑިއާގެ މުތޫ އަށް 6.76 ގެ ސްކޯ އަކުން ތިންވަނައަށް ދިޔުމުންނެވެ.

ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސް އަކީ ސާފިން އިވެންޓް ހިމެނޭ ފުރަތަމަ އޭޝިއަން ގޭމްސްއެވެ. އެ ތާރީހީ ގޭމްސްގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ސްލޮޓް ރާއްޖެއަށް ކަށަވަރުވެފައިވާއިރު، އެ ގޭމްސް އަށް ދާނެ އެތުލީޓުން ނިންމާނީ ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.