Advertisement

26 Aug 2024
ކުޅިވަރު

ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ދިޔަ އިންގްލެންޑުގެ ކުރީގެ ކޯޗު މަރުވެއްޖެ

އިނގިރޭސީ ގައުމީ ޓީމުގެ ކޯޗެއްގެ މަގާމުގައި ފަސް އަހަރު ހޭދަކޮށްފައިވާ ސްވިޑްންގެ ސްވެން ގޮރަން އެރިކްސަން ކެންސަރު ބަލީގައި ހޯމަ ދުވަހު މަރުވެއްޖެއެވެ.

ފުރަމޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އެރިކްސެންއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި އޭނާ މަރުވި އިރު އުމުރަކީ 76 އަހަރެވެ.

އިނގިރޭސި ގައުމީ ޓީމުގައި އެނާ ހޭދަކުރި މުއްދަތުގައި 3 ކުއާޓާ ފައިނަލުގައި ވާދަކޮށްފައިވެއެވެ. މިއީ ގައުމުން ބޭރު ކޯޗަކަށް މިފަދަ ކާމިޔާބެއް ހޯދުނު ފުރަތަމަ ފަހަރެވެ. އޭނާ އިންގްލެނޑުގެ ގައުމީ ޓީމުގެ ވަޒީފާގައި ހޭދަކޮށްފައިވަނީ 2001 އިން 2006 އަށެވެ.

އެރިކްސަން 12 ކްލަބަށް ކޯޗު ކޮށްދީފައިވާ  އިރު، 18 ތަށި ހޯދައިފަ ވެއެވެ. އެރިކްސަން، ކޯޗުކޮށްދިން ކްލަބްތަކުގެ ތެރޭގައި، މެންޗެސްޓާ ސިޓީ، ލާޒިއޯ، ރޯމާ އަދި ލެސްޓާ ސިޓީ ހިމެނެ އެވެ. ގައުމީ ޓީމުތަކަށް ބަލާއިރު، އިންގްލެންޑްގެ އިތުރުން، ފިލިޕީންސް، މެކްސިކޯ އަދި އައިވަރީ ކޯސްޓަށް ކޯޗުކޮށްދީފައިވެ އެވެ.

އުމުރުން 27 އަހަރުގައި ކުޅުމުން ރިޓަޔާކުރި، އެރިކްސަންގެ ކޯޗިން ކެރިއަރު 42 އަހަރަށް ދިގުދެމިގެންދިޔައެވެ. ސްވިޑެންގެ ޑެގެފޯސް އާއި ގޮތެންބާގް އަށް ކޯޗުކޮށްދިން އެރިކްސަން ވަނީ އިޓަލީ ލީގުގައި ފިއޮރެންޓީނާ، ލާޒިއޯ، ސަމްޕްޑޯރިއާ އަދި ރޯމާ އަށް ކޯޗުކޮށްދީފައެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީ އަށް އިރުޝާދުދިން އެރިކްސަން ވަނީ ޕޯޗުގަލްގެ ބެންފީކާ އަށް ވެސް އިރުޝާދުދީފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.