Advertisement

ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ސާޔާ، ފޮޓޯ: އަދަދު

22 Aug 2024
ކުޅިވަރު

އޭޝިއަން ގޭމްސްގެ އަންހެން ސާފިންގެ ސައުތު އޭޝިއާ ސްލޮޓް ރާއްޖެއަށް ކަށަވަރުވެއްޖެ

2026 ވަނަ އަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ އަންހެން ސާފިންގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެއެވެ. ރާއްޖެއިން ވާދަކުރާނީ ސައުތު އޭޝިއާއަށް ލިބޭ ސްލޮޓުގައެވެ.

އޭޝިއަން ގޭމްސްގެ ސްލޮޓު ރާއްޖެއަސް ކަށަވަރުވީ، ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި އަންހެން އޯޕަން ބައިގެ ހީޓުތަކުގައި ވާދަކުރި ސައުތު އޭޝިއާއަށް ނިސްބަތްވާ އިންޑިއާ އަދި ސްރީ ލަންކާގެ އެތުލީޓުން ވާދަކުރި ހީޓުތަކުގެ ފުލަށް ދިޔުމުންނެވެ.

ބުދަ ދުވަހު ކުރިއަށްދިޔަ ހީޓުތަކުގެ ތެރެއިން ރާއްޖޭގެ އާޔާ ވާދަކުރީ ފުރަތަމަ ހީޓުގައެވެ. މި ހީޓުން އާޔާއަށް ލިބުނީ ތިން ވަނައެވެ. އެހެންކަމުން، މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމުގެ ފުރުސަތު އޭނާއަށް ވަނީ ގެއްލިފައެވެ. މި ހީޓުން ތިން ވަނަ އާޔާ އަށް ލިބުނީ 4.20 ސްކޯ ކޮށްގެންނެވެ. މި ހީޓުގެ އެއް ވަނަ ހޯދީ ޖަޕާނުގެ އަންރީ މަޓްސްނޯއެވެ. އޭނާ ވަނީ 13.17 ސްކޯ ކޮށްފައެވެ. ދެ ވަނައަށް ދިޔައީ، ވިއާ އެސްޓްރެލަންޑޯއެވެ. އޭނާގެ ސްކޯ އަކީ 10.67 އެވެ.

ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސް އަކީ ސާފިން އިވެންޓް ހިމެނޭ ފުރަތަމަ އޭޝިއަން ގޭމްސްއެވެ. އެ ތާރީހީ ގޭމްސް އަށް ރާއްޖެއިން ދާނެ އަންހެން ސާފަރަކު ނިންމާނީ ރާއްޖޭގެ ސާފިން އެސޯސިއޭޝަނުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.