Advertisement

22 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ގުންޑޮގަން އަނބުރާ މެންޗެސްޓަރ ސިޓީއަށް ބަދަލުވާން ނިންމައިފި

މެންޗެސްޓަރ ސިޓީގައި ހުރުމަށްފަހު ބާސެލޯނާއަށް ބަދަލުވުމަށް, މީގެ އެއް އަހަރު ކުރިން އެ ކްލަބު ދޫކޮށްލި ޖަރުމަނުގެ މިޑްފީލްޑަރ، އިލްކޭ ގުންޑޮގަން އަނބުރާ އެ ޓީމަށް ދިއުމަށް ނިންމައިފިއެވެ. ގުންޑޮގަން މެންޗެސްޓަރ ސިޓީއަށް ބަދަލުވާނީ ޓްރާންސްފަރ ފީގެ ގޮތުގައި އެއްވެސް އަގަކާ ނުލައެވެ.

އުމުރުން 33 އަހަރުގެ ގުންޑޮގަން ބާސެލޯނާއަށް ބަދަލުވީ 2022/23 ސީޒަނުގައި މެންޗެސްޓަރ ސިޓީގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ، އެ ސީޒަންގެ ތިން ތަށި ކާމިޔާބު ކުރުމަށްފަހުއެވެ. އޭނާ އަނބުރާ އެ ކުލަބާ ގުޅޭނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައެވެ. ނަމަވެސް ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ބާސެލޯނާއިން ބަދަލުވުމަށް އޭނާ ނިންމީ އެ ކްލަބުގެ މާލީ ހާލަތު ދަށްވެފައިވުމާއެކު، އޭނާ ކުޅޭ ޕޮޒިޝަނަށް ކުޅޭ ކުޅުންތެރިން އިތުރުވެ، ކުޅެން ފުރުސަތު ލިބުމުގެ ޗާންސު ދަށްވާނެކަމަށް ވެސް ބެލެވިފައި ވަނިކޮށެވެ. އަދި އޭނާވަނީ، ބާސެލޯނާއާއެކު ހަދާފައިވާ ކޮންޓްރެކްޓުގެ ބާކީ ދެ އަހަރުގެ މުސާރަ ވެސް މާފު ކޮށްދީފައެވެ.

ޕެޕް ގާޑިއޯލާއާ އެކު ހަތް ސީޒަން ހޭދަކުރުމަށްފަހު، ޖޫން 2023 ގައި ގުންޑޮގަން ބާސެލޯނާއަށް ބަދަލުވީ، އެ ކުލަބަށް ކުޅުމަކީ އޭނާގެ ކުޑަ އިރުގެ ހުވަފެނެއް ކަމުގައި ހާމަކުރުމަށްފަހުއެވެ. އަދި ނިމުނު ސީޒަނުގައި އޭނާ ވަނީ 5 ގޯލު ޖަހާ، 14 އެސިސްޓެއް ކޮށްދީފައެވެ. މީގެ އިތުރުން، ބާސެލޯނާގެ މުޅި ސްކޮޑަށް ބަލާއިރު، އެންމެ ގިނަ ވަގުތު ކުޅުމުގެ ފުރުސަތު ވެސް ލިބުނީ އޭނާއަށެވެ.

ނަމަވެސް، ބާސެލޯނާއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާހެދި، ލެމިން ޔަމާލް ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން އެ ކުލަބުން ބޭނުންވަނީ ވިއްކާލާށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.