ވިޔަރިއާލް އަތުން ބަލިވެ، މި ސީޒަނަށްފަހު ބާސާ ދޫކޮށްލާނެކަން ޒަވީ އިއުލާންކޮށްފި
މި ސީޒަނަށްފަހު ބާސެލޯނާގެ ކޯޗުގެ މަގާމުން ދުރުވާން ނިންމިކަން އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް އިއުލާންކޮށްފިއެވެ. ބާސެލޯނާގެ މި ވަޒީފާއަކީ ހިތްހަމަ ނުޖެހުމާއި އަނިޔާވެރި ވަޒީފާއެއްގެ ގޮތުގައި ސިފަކުރަމުން އޭނާ ބުނެފައިވަނީ، މި ނިންމުމަކީ ޖަލު ބަންދަކުން ދޫކޮށްލުންފަދަ އިހުސާސެއް ގެނުވާ ނިންމުމެއް ކަމަށެވެ.