Advertisement

28 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވިޔަރިއާލް އަތުން ބަލިވެ، މި ސީޒަނަށްފަހު ބާސާ ދޫކޮށްލާނެކަން ޒަވީ އިއުލާންކޮށްފި

މި ސީޒަނަށްފަހު ބާސެލޯނާގެ ކޯޗުގެ މަގާމުން ދުރުވާން ނިންމިކަން އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް އިއުލާންކޮށްފިއެވެ. ބާސެލޯނާގެ މި ވަޒީފާއަކީ ހިތްހަމަ ނުޖެހުމާއި އަނިޔާވެރި ވަޒީފާއެއްގެ ގޮތުގައި ސިފަކުރަމުން އޭނާ ބުނެފައިވަނީ، މި ނިންމުމަކީ ޖަލު ބަންދަކުން ދޫކޮށްލުންފަދަ އިހުސާސެއް ގެނުވާ ނިންމުމެއް ކަމަށެވެ

ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ކްލަބުގެ ލެޖެންޑު ޒަވީ ފާހަގަކުރި ގޮތުން، އެ ޓީމުގެ މިސްރާބު މިހާރު ބަދަލު ކުރަން ޖެހިއްޖެއެވެ. ސަބަބަކީ މިހާރު ޓީމުން ނެރެމުންދާ ނަތީޖާތައް ރަގަޅު ނުވުމެވެ. އަދި ބާސެލޯނާގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އޭނާ ވެސް އަމިއްލަ ނަފްސަށް ގަބޫލުކުރާ ގޮތުގައި މިއީ އޭނާ ކޮންމެހެން ނަގަން ޖެހޭ ފިޔަވަޅެއް ކަމަށް ވެސް ބުނެފައިވެއެވެ.

ވިޔަރިއާލް އާއި ބާސެލޯނާ ރޭ ބައްދަލުކުރި މެޗުގައި 5-3 އިން ބާސެލޯނާ ބަލިވި މެޗަށްފަހު އޮތް ޕްރެސް ކޮންފަރެންސްގައި އޭނާގެ ވަޒީފާއާ ގުޅިގެން ވާހަކަ ދައްކަމުން ޒަވީ ބުނީ، ޓީމު ނެރެމުންދާ ނަތީޖާތަކުގެ ސަބަބުން ބައެއް ފަހަރު އޭނާއަށް އެހެން މީހުންގެ އިހްތިރާމް ކުޑަވެގެންދާ ކަމާއި، އޭނާގެ މަސައްކަތް ވެސް އެހެން މީހުން ބަލައި ނުގަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި މިއީ އޭނާ ވަރަށް ބޮޑަށް މާޔޫސް ކުރުވާކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ފިކުރު ބޮޑުވެ، ނަފްސާނީ ދުޅަހެޔޮކަމަށް އެތައް ގެއްލުމެއް ވަމުންދާކަމަށް އޭނާ ފާހަގަކުރިއެވެ

ވިޔަރިއާލް މެޗުން ބަލިވުމުން ބާސެލޯނާއާ މިހާރު ލީގުގެ އެއްވަނައިގައި އޮތް ރިއާލް މެޑްރިޑާއި 10 ޕޮއިންޓު ފަރަގެއް އެބައޮތެވެ. ބާސެލޯނާއިން މި ފަހުން ނެރުނު ނަތީޖާއަކަށް ބަލާލާއިރު، އެ ޓީމު ވަނީ އެތުލެޓިކް ބިލްބާއޯ އަތުން މިދިޔަ ހަފްތާގެ މެދުތެރޭގައި 4-2 ން ބަލިވެ، ކޮޕަޑެލްރޭ އިން ކަޓާފައެވެ. އަދި އޭގެ ކުރިން ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ރިއާލް މެޑްރިޑާއި ބައްދަލުކޮށް، 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ބަލިވެފައެވެ. މީގެ އިތުރުން، ޑިސެމްބަރު މަހުގެ ތެރޭގައި ކުޅުނު ލީގު މެޗެއްގައި ޖިރޯނާއިން ވަނީ 4 ގޯލުން ބާސެލޯނާ ބަލިކޮށްފައެވެ. މި ފަހަކުން ކުރިމަތިލާން ޖެހުނު މިފަދަ ނަތީޖާތަކާއެކީ، ޓީމަށް ބަދަލެއް ގެންނަން ޖެހޭކަން ޒަވީ ތަކުރާރުކޮށް ފާހަގަ ކުރެއެވެ

ބާސެލޯނާގެ ކޯޗުގެ މަގާމަށް ޒަވީ އައްޔަންކުރީ 6 ނޮވެމްބަރު 2021 ގައި ރޮނާލްޑް ކޯމަންގެ ބަދަލުގައެވެ. މި މަގާމާއި ހަވާލުވި ފަހުން މިދިޔަ އަހަރު އޭނާ ވަނީ ބާސެލޯނާއާއެކު ދެ ތައްޓެއް ކާމިޔާބުކޮށްފައެވެ. އެއީ ރިއާލް މެޑްރިޑް 3-1 ން ބަލިކޮށް ކާމިޔާބުކުރި ސްޕެނިޝް ސުޕަ ކަޕާއި، މިދިޔަ ސީޒަންގެ ލީގު ތައްޓެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.