Advertisement

26 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ތައްޓަށް ވާދަނުކުރެވޭނަމަ އިސްތިއުފާ ދޭނެކަމަށް ޒަވީ ބުނެފި

ފުޓުބޯޅަ ސީޒަން ނިމޭއިރު ބާސެލޯނާއަށް ވާދަވެރި އަދި މުބާރާތްތައް ކާމިޔާބު ކުރެވޭނެ ފެންވަރުގެ ކުޅުމެއް ނުދެއްކޭނަމަ، އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދޭނެކަމަށް ޒަވީ ހެނާންޑޭޒް ބުނެފިއެވެ. އޭނާ މިހެން ބުނީ ބުދަ ދުވަހުގެރޭ ކުޅުނު ކޮޕަ-ޑެލް-ރޭގެ ކުއާޓާފައިނަލްގައި އެތުލެޓިކް ކްލަބް އަތުން ބަލިވެ، ބާސެލޯނާ މުބާރާތުން އަލްވަދާއު ކިއުމާއި ގުޅިގެންނެވެ.

ކޮޕަ-ޑެލް-ރޭގެ ކުއާޓާފައިނަލް މެޗުގައި އެތުލެޓިކް ކްލަބް އަތުން ބާސެލޯނާ ބަލިވެފައިވަނީ 4-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފު ބާސެލޯނާއިން ނިންމާލީ 2-1 ން ލީޑުގައި އޮވެއެވެ. ނަމަވެސް ދެވަނަ ހާފުގައި އިދިކޮޅު ޓީމުން ކާމިޔާބުކުރި ގޯލަކުން މެޗުގެ ނަތީޖާ ހަމަހަމަވެ، މޮޅުވާ ޓީމެއް ކަނޑައެޅުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އެތުލެޓިކް ކްލަބުގެ ކޮޅަށް އެ ޓީމުން މެޗު އަނބުރާލީ އިތުރު ވަގުތުގައި އެ ޓީމަށް ކުޅޭ ދެބެއިން ކަމަށްވާ އިނާކީ އަދި ނިކޯ ވިލިއަމްސް ކާމިޔާބުކުރި ގޯލުތަކުންނެވެ

މި ބައްޔާއެކީ، ޒަވީގެ ކުރިމަގާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަން ފެށިއެވެ. ސަބަބަކީ މި ސީޒަންގައި ދެން އެ ޓީމަށް ހަމައެކަނި ވާދަކުރެވޭނީ ލީގު ތައްޓަށާއި ޗެމްޕިއަންސް ލީގަށްކަމަށްވެފައި، ލީގުގެ އެއްވަނައިގައި އޮތް ޖިރޯނާއާ 8 ޕޮއިންޓުގެ ފަރަގެއް އޮތުމުން، ލީގު ކާމިޔާބު ކުރުމަކީ ވެސް ވުމަށް ވުރެން ނުވުން ގާތްކަމެއްކަމަށް ބެލެވޭތީއެވެ.

ކޮޕަ-ޑެލް-ރޭ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޒަވީ ބުނީ، ސީޒަން ނިމޭއިރު ބާސެލޯނާގެ ފޯމަށް ބަލާފައި އޭނާ އިސްތިއުފާ ދޭން ޖެހޭނެކަމަށް ގަބޫލުކުރާކަމަށާއި، އޭނާގެ މަގާމުގައި ކޮންމެ މީހަކު ހުއްޓަސް ކަން ކުރަން ޖެހޭނެ ގޮތަކީ އެއީ ކަމަށެވެ. ސަބަބަކީ ބާސެލޯނާއަކީ ބޮޑު ކްލަބަކަށްވެފައި، އެ ކްލަބުވާންޖެހޭނީ މުބާރާތްތައް ކާމިޔާބު ކުރެވޭ، ނުވަތަ އެކަމަށް ވާދަކުރެވޭ ފެންވަރުގެ ޓީމަކަށް ކަމަށް އޭނާ ބުންޏެވެ. އެ ފެންވަރަށް ޓީމު ނުގެންދެވޭނަމަ، އެ ޓީމުގެ ކޯޗެއްގެ މަގާމު ފުރުމުގެ ގާބިލުކަން އެމީހެއްގެ ކިބައިގައި ނެތީކަމުގައި ވެސް އޭނާ ބުންޏެވެ.

ބާސެލޯނާގެ ކޯޗުގެ މަގާމަށް ޒަވީ އައްޔަންކުރީ 6 ނޮވެމްބަރު 2021 ގައި ރޮނާލްޑް ކޯމަންގެ ބަދަލުގައެވެ. މި މަގާމާއި ހަވާލުވި ފަހުން މިދިޔަ އަހަރު އޭނާ ވަނީ ބާސެލޯނާއާއެކު ދެ ތައްޓެއް ކާމިޔާބުކޮށްފައެވެ. އެއީ ރިއާލް މެޑްރިޑް 3-1 އިން ބަލިކޮށް ކާމިޔާބުކުރި ސްޕެނިޝް ސުޕަ ކަޕާއި، މިދިޔަ ސީޒަންގެ ލީގު ތައްޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.