Advertisement

10 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެކަޑެމީއިން ގެއްލުނު ތަރި ޔޫރޯ އިން ފެނި، ބާސެލޯނާ އިން އޮލްމޯ ގަނެފި

ބާސެލޯނާގެ ލަ މާސިއާ އެކަޑަމީއިން ފުޓުބޯޅަ ކުޅުމުގެ ތެރެއަށް ވަތް ޑެނީ އޮލްމޯ ބާސެލޯނާއާށް ކުޅުމަށް ދެކެމުން އައި ހުވަފެން އެންމެ ފަހުން ހަގީގަތަކަށް ހަދައި، 6 އަހަރުގެ ކޮންޓްރެކްޓެއްގައި އެ ޓީމަށް ސޮއިކޮށްފިއެވެ.

މީގެ 10 އަހަރު ކުރިން ބާސެލޯނާ ދޫކޮށް ދިއުމަށް އޮލްމޯ ނިންމީ، އޭނާއަށް ބާސެލޯނާގެ ސީނިއަރ ޓީމަށް ކުޅެވޭނެކަމުގެ ފުރުސަތު ހަނިކަމަށް ދެކެވުމުންނެވެ. އެގޮތުން، "ޓީނޭޖާރ" އެއްގެ ގޮތުގައި އޭނާ ދިޔައީ ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް އަށެވެ. އެއަށްފަހު ޖަރުމަނުގެ ލެޕްޒިގްއަށް ބަދަލުވުމަށްފަހު، އޭނާ މިހާތަނަށް ކުޅެމުން އައީ އެ ޓީމަށެވެ.

އޮލްމޯ ބާސެލޯނާއަށް ކުޅުމަށް ބޭނުންވެ، އެކަމަށް ދެކެމުން އައި ހުވަފެން ހަގީގަތަށް މިވީ، ނިމިދިޔަ ޔޫރޯގައި އޭނާގެ ހުނަރަށް މުޅި ދުނިޔެ ހެކިވުމަށްފަހުއެވެ. އެ މުބާރާތުގައި ސްޕެއިން އިން ހޯދި ކާމިޔާބީގައި އޮލްމޯ ވަނީ މުހިންމު ދައުރެއް އަދާކޮށް، މުހިންމު ގޯލުތަކެއް ވެސް ކާމިޔާބު ކޮށްފައެވެ. އަދި އެންމެ ފަހުން، ބާސެލޯނާއިން އޭނާގެ ސޮއި މި ހޯދީ 62 މިލިއަން ޕައުންޑުގެ އަގަކަށެވެ.

އޮލްމޯ ހޯދުމަށް ބާސެލޯނާއިން ފެށި ދަތުރުގައި ފުރަތަމަ ލިބުނީ ނާކާމިޔާބީއެވެ. ނަމަވެސް، ނިކޯ ވިލިއަމްސްއަށް ބާސެލޯނާ އިން ހުށަހެޅި ހުށަހެޅުން އޭނާ ގަބޫލު ނުކޮށް އެތުލެޓިކޯގައި މަޑުކުރުމަށް ނިންމުމާ ގުޅިގެން، އެންމެ ފަހުން ބާސެލޯނާގެ ސްޕޯޓްސް ޑިރެކްޓަރ ޑެކޯ ވަނީ ޖަރުމަނަށް ދަތުރުކޮށްފައެވެ. އަދި އޮލްމޯ ބާސެލޯނާއަށް ގެނައުމުގެ ފެހި ސިގްނަލް ލިބުނީ އޭގެފަހުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.