Advertisement

30 May 2024
ބާސެލޯނާ
މިފްތާޙް މުޙައްމަދު

ޒަވީ ފޮނުވާލުމަށްފަހު ބާސެލޯނާގެ ކޯޗަކަށް ހެންސީ ފްލިކް ހަމަޖައްސައިފި

މީގެ ކުރިން ޖަރުމަނުގެ ގައުމީ ޓިމާއި ބެޔާން މިއުނިކުގެ ކޯޗުކަމުގެ މަގާމު ވެސް އަދާކޮށްފައިވާ ހެންސީ ފްލިކް، ސްޕެއިންގެ ބާސެލޯނާގެ ކޯޗަކަށް ހަމަޖައްސައިފިއެވެ. އެ ކުލަބުން އެކަން އިއުލާންކޮށްފައިވަނީ ބުދަ ދުވަހުގެ ހަވީރުއެވެ.

ބާސެލޯނާގެ ކޯޗެއްގެ މަގާމަށް ހަމަޖެއްސި ހެންސީ ފްލިކް

ބާސެލޯނާގެ ކޯޗަކަށް ފްލިކް ހަމަޖެއްސީ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ޖަރުމަނު ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން، ބެޔާންގެ ކޯޗަކަށް ހެންސީ ފްލިކް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މިއީ ކުޅުންތެރިއެއްގެ ގޮތުގައި 1985 އިން 1990 އަށް އޭނާ ކުޅުނު ޓީމެއް ވެސް މެއެވެ. ބެޔާންގައި ފްލިކްވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. 

ބެޔާންގައި ހޭދަކުރި ދެ ސީޒަންގައި ވެސް އޭނާ ވަނީ އެ ޓީމަށް ބުންޑަސް ލީގާ ކާމިޔާބުކޮށްދީފައެވެ. އަދި އެ ކުލަބަށް އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިވަނީ ވެސް ފްލިކްގެ އިރުޝާދުގެ ދަށުންނެވެ. 

މީގެ އިތުރުން، ބެޔާންއާއެކު އޭނާވަނީ ޖަރުމަން ކަޕާއި، ޖަރުމަން ސުޕަރ ކަޕް، ޔޫއެފާ ސްޕަރ ކަޕް އަދި ކުލަން ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ޖަރުމަނުގެ ގައުމީ ޓީމާ ފްލިކް ހަވާލުވީ 2021 ވަނަ އަހަރު، ޖޯކިމް ލޯގެ ބަދަލުގައެވެ. ލޯއަށް ޖަރުމަނު ދޫކޮށްލަން ޖެހުނީ 2020 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް އަތުން ބަލިވެ މުބާރާތުން ކެޓުމާ ގުޅިގެންނެވެ.

އޭގެ ފަހުން ފްލިކްއަށް ވެސް ވަނީ ޖަރުމަނު ޓީމާއެކީ ރަގަޅު ނަތީޖާތަކެއް ނެރެވޭ ގޮތް ނުވެފައެވެ. އެގޮތުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑު ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނަށް ޖެހުނީ މުބާރާތާ އަލްވަދާއު ކިޔާށެވެ. އަދި ފްލިކްގެ މަގާމު ދޫކޮށްލަން އޭނާއަށް މަޖުބޫރުކުރުވީ ޖަޕާންއާ ކުޅުނު މެޗަކުން 4-1 އިން ބަލިވުމާ ގުޅިގެންނެވެ. ފްލިކްގެ އިރުޝާދުގެ ދަށުން ޖަރުމަނު ޓީމު ކުޅުނު 6 މެޗުން އެ ޓީމަށް ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ.

ފްލިކްއަށް ދެން ވެސް މިއޮތީ އުނދަގޫ ވަޒީފާއެކެވެ. ބާސެލޯނާގެ ކޯޗެއްގެ މަގާމުގައި ހުރި ޒަވީ މިދިޔަ އަންގާރަ ދުވަހު ބުނެފައިވާ ގޮތުން، އެ ޓީމާ ދެން ހަވާލުވާ މީހަކަށް ވަރަށް އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

ޒަވީ ދޫކޮށްލުމަށް ބާސެލޯނާއިން ނިންމީ، އޭނާ މި ސީޒަން ނިންމާލުމަށްފަހު ކުލަބު ދޫކޮށްލާނެކަން ޖެނުއަރީގައި އިއުލާންކޮށް، އޭގެ ފަހުން އަނެއްކާ ކުލަބުގައި މަޑު ކުރުމަށް ނިންމާފައިވާކަމަށް އެޕްރީލް މަހު ހާމަކުރިތާ މަހެއްހާ ދުވަސް ފަހުންނެވެ. ބެލެވޭ ގޮތުގައި ބާސެލޯނާގެ ރައީސް، ޖޯން ލަޕޯޓާއާ ޒަވީއާ ދެމެދު އޮތް ގުޅުމަށް ބުރޫއެރީ، ކުލަބުގެ މާލީ ހާލަތާ ގުޅޭ ގޮތުން ޒަވީ ބަސްކިޔުމާ ގުޅިގެންނެވެ. ނަމަވެސް އުމުރުން 44 އަހަރުގެ ޒަވީ ބާސެލޯނާއާއެކު ހަދާފައިވާ ކޮންޓްރެކްޓް އޮތީ 2025 ގެ ނިޔަލަށެވެ.

ޒަވީ ބާސެލޯނާއާ 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހު ހަވާލުވުމަށްފަހު، ޖެހިގެން އައި 2022/23 ސީޒަނުގައި އޭނާ ވަނީ ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކޮށްފައެވެ. ނަމަވެސް މި ސީޒަން ނިންމާލީ، ރެއާލް މެޑްރިޑަށް ވުރެން 10 ޕޮއިންޓު ފަހަތުން، ލީގުގެ ދެވަނައިގައެވެ. އަދި ޗެމްޕިއަންސް ލީގާއި އަލްވަދާއު ކިޔަންޖެހުނީ ކުއާޓާ ފައިނަލުގައި ފްރާންސްގެ ޕެރިސް ސެއިންޓް-ޖާމެއިން (ޕީއެސްޖީ) އަތުން ބަލިވުމާ ގުޅިގެނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.