Advertisement

13 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ބާސެލޯނާ ދޫކޮށް މެސީ ދިޔަފަހުން އެ ޓީމު އަލަށް ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ކޮލިފައިވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު ގަދަ-16 ގެ މެޗުން ނަޕޯލީ ބަލިކޮށް، ބާސެލޯނާ ދޫކޮށް އެ ޓީމުގެ ލެޖެންޑު އަދި ދުނިޔޭގެ ތަރި، ލިއޮނެލް މެސީ ދިޔަފަހުން ފުރަތަމަ ފަހަރަށް އެ ޓީމު ކުއާޓާ ފައިނަލަށް ކޮލިފައިވެއްޖެއެވެ.

ދެ މެޗުން ކުރިހޯދި ބާސެލޯނާ އާއި އާސެނަލް އެ މުބާރާތުގެ ކުއާޓާ ފައިނަލުން ގިނަ ދުވަސް ތަކަކަކަށްފަހު ޖާގަ ހޯދައިފިއެވެ.

ބާސެލޯނާ އެންމެ ފަހުން ކުއާޓާ ފައިނަލުން ފެނިފައިވަނީ، މެސީ އެ ޓީމު ދޫކޮށް ނުދަނީސް، 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން ޗެމްޕިއަންސް ލީގުގެ ނޮކް-އައުޓް ބުރަށް އެ ޓީމު ކޮލިފައިވެފައެއް ނުވެއެވެ.

ބާސެލޯނާއިން އަންގާރަ ދުވަހުގެރޭ ނަޕޯލީ ބަލިކުރީ 3-1 އިންނެވެ. މި ދެ ޓީމު ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.

އެސްޓާޑިއޯ އޮލިމްޕިކޯ ލުއިޒް ކޮމްޕެނީޒް ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ލެގުގައި ބާސެލޯނާ ވަނީ މެޗުގެ ކުރީކޮޅު ލީޑު ނަގާފައެވެ. މެޗުގެ 15 އަދި 17 ވަނަ މިނެޓުގައި ބާސެލޯނާގެ ލޮޕޭޒް އާއި ޗާންސެލޯ ކާމިޔާބުކުރި ގޯލުތަކާއެކީ ބާސެލޯނާއިން ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ނަޕޯލީގެ އާމިރް ރަޙްމާނީ 30 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބު ކުރިއެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ނަޕޯލީއަށް ލިބުނު އެންމެ ރަގަޅު ފުރުސަތު ލިބުނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. އެ ޓީމުގެ ޖެސްޕާ ލިންޑްސްޓްރޮމް ބޮލުން ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލު ކައިރިން ބޭރަށެވެ. އޭގެ 3 މިނެޓު ފަހުން ބާސެލޯނާގެ ލެވަންޑޯސްކީ ވަނީ އެ ޓީމަށް 3 ވަނަ ގޯލެއް ކާމިޔާބުކޮށްދީފައެވެ.

މި ނަތީޖާއާ އެކީ ބާސެލޯނާއިން ކުއާޓާ ފައިނަލަށް ދަތުރުކުރީ 4-2ގެ އެގްރިގޭޓް ސްކޯ އަކުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.