Advertisement

11 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޕީއެސްޖީއިން ތިން މިނެޓުން މެޗު ފުރޮޅާލި ނަމަވެސް ބާސެލޯނާއިން ފަހަތުން އަރާ މޮޅުވެއްޖެ

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއި ބާސެލޯނާ ބައްދަލުކުރި މެޗުގައި ބާސެލޯނާއިން ގޯލެއް ޖަހާފައިވަނިކޮށް ޕީއެސްޖީއިން ތިން މިނެޓުން އެ ނަތީޖާ ފުރޮޅާލި ނަމަވެސް، ފަހަތުންއަރާ ބާސެލޯނާއިން ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ

ޕެރިސްގައި ކުޅުނު މި މެޗުގައި ދެ ޓީމުންވެސް ގޯލު ޖަހާނެ ރަގަޅު ފުރުސަތުތައް ތަނަވަސް ކުރިއެވެ. ނަމަވެސް އެންމެ ފުރަތަމަ މެޗުގައި ލީޑު ނަގާފައިވަނީ ބާސެލޯނާއިންނެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގާދީފައިވަނީ ރަފީނިއާއެވެ.

ފުރަތަމަ ހާފު އެއް ގޯލުން ފަހަތުގައި އޮވެ ނިންމާލަން ޖެހުނަސް ދެވަނަ ހާފު ފެށިގޮތަށް ޕީއެސްޖީއިން އެ ނަތީޖާ ފުރޮޅާލިއެވެ. އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 48 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ކާމިޔާބުކުރި ގޯލަކުންނެވެ. އަދި އޭގެ 3 މިނެޓުފަހުން ޕީއެސްޖީއަށް ލީޑު ނަގާދީފައިވަނީ ވިޓީނިއާއެވެ.

ނަމަވެސް ބާސެލޯނާގެ ރަފީނިއާ އަނެއްކާވެސް ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ޕެޑްރީގެ ރީތި ބޯޅަ އަކުން ރަފީނިއާ ކާމިޔާބުކުރި ގޯލެކެވެ

ބާސެލޯނާ މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކްރިސްޓެންސެންއެވެ. އެއީ ބާސެލޯނާއަށް ލިބުނު ކޯނަރެއްގައި ޕީއެސްޖީގެ ގޯލު އޭރިއާ ތެރޭގައި ހުރުމަށްފަހު ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އަދި މިއީ އޭނާ ކުޅެން ނިކުތްފަހުން ބޯޅައިގައި ކުރި ފުރަތަމަ ޓަޗެވެ.

ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް އަނެއް މެޗުގައި ބައްދަލުކުރީ އެތުލެޓިކޯ މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑެވެ. އެތުލެޓިކޯގެ ސިވިޓާސް މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 އިންނެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.