Advertisement

16 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ބޮޑު ތިން ލީގުގެ މެޗުތައް މިރޭ ފަށަނީ

ދުނިޔޭގެ އެންމެ މަގުބޫލު ފުޓުބޯޅައިގެ ބޮޑު ތިން ލީގެއްގެ މެޗުތައް މިރޭ ފަށާނެއެވެ. އެގޮތުން، އިނގްލިޝް ޕްރިމިއަރ ލީގު، ޖަރުމަން ލީގު އަދި ސްޕެނިޝް ލީގުގެ މެޗުތަކެއް ވަނީ މިރޭ ކުޅުމަށް ތާވަލުކޮށްފައެވެ. އަދި އިޓަލީ ލީގުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ.

އެންމެ ގިނަ ދިވެހިން ބަލާ އިންގްލިޝް ޕްރިމިއަ ލީގުގައި މިރޭ ކުޅޭނީ މެންޗެސްޓަރ ޔުނައިޓެޑާއި ފުލަމްއެވެ. އޯލްޑް ޓްރެފާޑްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ދަންވަރު 12 ޖަހާއިރުއެވެ.

ސްޕެނިޝް ލީގުގައި މިރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ރާއްޖެ ގަޑިން މިރޭ 10 ޖަހާއިރު ފަށާމެޗުގައި ބައްދަލު ކުރާނީ ސެލްޓާ ވީގޯ އާއި އަލާވޭޒްއެވެ. ދެވަނަ މެޗުގައި މިރޭ ދަންވަރު 12:30 ގައި ކުޅޭނީ ލަ ޕާމާސް އާއި ސެވިއްޔާއެވެ.

ޖަރުމަނު ލީގުގައި މިރޭ ކުޅޭނީ އެއް މެޗެވެ. އެ މެޗުގައި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ބެޔާން ލެވަކޫސެން ނިކުންނާނީ މޮންޝެންގްލަބަޗްއާ ދެކޮޅަށެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 11:30 ގައެވެ.

އިޓަލީ ލީގުގެ އެއްވެސް މެޗެއް މިރެއަށް ޝެޑިއުލް ކޮށްފައެއް ނުވެއެވެ. ނަމަވެސް މާދަމާރޭ އެ ލީގުގައި ހަތަރު މެޗު ކުޅޭނެއެވެ. އެގޮތުން 9:30 ގައި ދެ މެޗު ފެށުމަށް ހަމަޖެހިފައިވާ އިރު، އެތަނުން އެއް މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން އިންޓަމިލާން ނިކުންނާނީ ޖެނޯއާ ދެކޮޅަށެވެ. އަދި އޭސީ މިލާންގެ މެޗެއް ވެސް މާދަމާ ރޭ ކުޅޭނެއެވެ. ރާއްޖެ ގަޑިން 11:45 ގައި ފެށުމަށް ހަމަޖެހިފައި އެ މެޗުގައި އޭސީ މިލާން ނިކުންނާނީ ޓޮރީނޯ އާ ދެކޮޅަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.