Advertisement

މިދިޔަ މަހު ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން ޝައިމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

08 Sep 2024
ގައުމީ އެތުލެޓިކްސް މުބާރާތް

ގައުމީ މުބާރާތުގައި ލޯންގް ޖަމްޕުގެ ރެކޯޑު ޝައިމް މުގުރާލައިފި

33 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ލޯންގު ޖަމްޕުގެ ރާއްޖޭގެ ރެކޯޑު، އައްޑޫ އެތުލެޓިކްސް ޓީމުގެ އައިޝަތު ޝައިމް އަޒީޒް މުގުރާލައިފިއެވެ.

2022 ވަނަ އަހަރު ހަދާފައިވާ ލޯންގް ޖަމްޕުގެ ރެކޯޑު ޝައިމް އައުކުރީ 5.20 މީޓަރު ދުރަށް ފުންމައިގެންނެވެ. މި ރެކޯޑު އެންމެ ފަހުން އައުކުރީ ގައުމީ ގްރޯން ޕްރީ އިވެންޓްގައި، މަރިޔަމް ރޫޔާ އަލީއެވެ. ރޫޔާ ރެކޯޑު ހެދީ 5.19 މީޓަރު ދުރަށް ފުންމައިގެންނެވެ. 

މި ރެކޯޑުގެ އިތުރުން، ޝައިމް އަކީ ހައި ޖަމްޕުގެ ވެސް ރާއްޖޭގެ ރެކޯޑު އޮތް އެތުލީޓެވެ. އޭނާ އެ ރެކޯޑު އައުކުރީ މިދިޔަ އަހަރު ފެބުރުވަރީގައި ފުވައްމުލަކުގައި އޮތް އިންޓަ ސްކޫލް މުބާރާތުގެ 19 އަހަރުން ދަށުގެ އިވެންޓުގައި ވާދަކޮށްގެންނެވެ. އެއީ، 27 އަހަރު ވަންދެން މުގުރާނުލެވި އޮތް ރެކޯޑެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.