Advertisement

04 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޖިރޯނާ ލީގު ރޭހުން ސޮއްސާލައިފި

ސްޕެނިޝް ލީގުގައި ރޭ މަޔޯކާ އިން ޖިރޯނާގެ މައްޗަށް 1-0 އިން ކުރި ހޯދުމުން، ރެއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން ފަރަގު ކުޑަ ކުރުމަށް ލިބުނު ފުރުސަތު ބޭކާރުވެ، ޖިރޯނާ ލީގު ރޭހުން ސޮއްސާލައިފިއެވެ.

ހޮނިހިރު ދުވަހު ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމުން، ޖިރޯނާއިން ނިކުތީ ފަރަގު ކުޑަކުރުމުގެ އުއްމީދާއެކުއެވެ. އަނެއްކޮޅުން، ތިން ވަނައިގައި އޮތް ބާސެލޯނާއާއި އެތުލެޓިކް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ޖިރޯނާއަށް މަޔޯކާ ބަލި ކުރެވުނު ނަމަ ބާސެލޯނާއާ އޮތް ފަރަގު 4 ޕޮއިންޓަށް ބޮޑު ކުރެވުނީހެވެ.

ލީގުގެ އެއްވަނައިގައި އޮތް މެޑްރިޑަށް 27 މެޗުން 66 ޕޮއިންޓު ލިބިފައިވާއިރު، ޖިރޯނާއަސް ލިބިފައިވަނީ  59 ޕޮއިންޓެވެ. އަދި ބާސެލޯނާ ތިން ވަނައިގައި އޮތީ 58 ޕޮއިންޓާއެކުގައެވެ.

ޖިރޯނާއާ މަޔޯކާ ބައްދަލުކުރި މެޗުގައި ފުރަތަމަ ހަމަލާ އުފެއްދީ ޖިރޯނާއިންނެވެ. ޖިރޯނާގެ މިގުއެލް ގުތިއަރޭޒްގެ ހުރަހަކުން އިވާން މާޓިނޭޒް ބޮލުން ފޮނުވާލި އެ ހަމަލާ މަޔޯކާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މަޔޯކާގެ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. އެއީ އެ ޓީމަށް ލިބުނު ކޯނަރަކުން ފަހިވި ފުރުސަތަކުން ކޮޕެޓް ކާމިޔާބުކުރި ގޯލެކެވެ.

އޭގެ މާ ގިނައިރުތަކެއް ނުވެ، ޖިރޯނާއަށް ނަތީޖާ ހަމަހަމަ ކުރާނެ ރަގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ސެވިއޯގެ ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެވަނަ ހާފުގައި ގިނައިރު ބޯޅަ ހިފަހައްޓާ، ޖިރޯނާއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ވެސް އުފައްދާފައެވެ. މެޗުގެ ފަހުމިނެޓުކޮޅުގައި ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު އެންމެ ރަގަޅު ފުރުސަތު އަމާޒުވީ ގޯލު ދަނޑިއާއެވެ. އެއާއެކު ޖިރޯނާއިން ލީގުގައި 4 ވަނަ ބައްޔާއި ކުރިމަތިލާން ޖެހުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.