Advertisement

03 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ބެލިންގްހަމްގެ ގޯލު ބަލައިނުގަނެ ރެފްރީ އޭނާއަށް ދެއްކީ ރަތް ކާޑެއް

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި ފޯރިގަދަ މެޗުގައި، މެޑްރިޑް މޮޅުކޮށްދިނުމަށް 99 ވަނަ މިނެޓުގައި ޖޫޑް ބެލިންގްހަމް ކާމިޔާބުކުރި ގޯލު ބަލައިނުގަތުމުން، އޭނާއާއި މެޑްރިޑުގެ އެހެން ކުޅުންތެރިން ރެފްރީއާއި ހިންހަމަނުޖެހި، ރެފްރީގެ ނިންމުމާ ވަރަށް ބޮޑަށް ފާޑުކިއެވެ. ނަތީޖާއަކަށްވީ ބެލިންގްހަމްއަށް މެޗު ނިމުނުފަހުން ރަތްކާޑެއް ދެއްކުމެވެ.

މެޗު ފަށައިގެން 30 މިނެޓު ކުޅެވުނުއިރު ވެލެންސިއާ އިން 2 ގޯލުގެ ލީޑެއްނެގިއެވެ. މިއީ މެޑްރިޑުގެ ޑިފެންސްލައިނަށް ހެދުނު ގޯސްތަކެއްގައި ވެލެންސިއާގެ ސްޕެއިން ފޯވާޑް ހޫގޯ ޑުރޯ އަދި ޔުކްރެއިންގެ ފޯވާޑް ރޯމަން ޔަރަމްޗުކް ކާމިޔާބުކުރި ގޯލުތަކުންނެވެ.

މެޑްރިޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ވިނީސިއަސް ޖޫނިއަރގެ 2 ގޯލުންނެވެ. އަދި 2-2 އިން ދެ ޓީމު ހަމަހަމަކޮށް އޮވެ މެޗު ނިމެން ދަނިކޮށް، އިތުރު ވަގުތުގެ 9 ވަނަ މިނެޓުގައި މޮޑްރިޗް ނެގި ކޯނަރެއް ވެލެންސިއާ ކުޅުންތެރިއަކު ބޮލުން ސާފުކޮށްލި ބޯޅަ އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓުމުން، އެ ބޯޅަ އިތުރު ހަމަލާއަކަށް ބަދަލު ކުރުމަށް މެޑުއިޑުގެ ކުޅުންތެރިން މަސައްކަތްކުރިއެވެ. އެގޮތުން ޕެނަލްޓީ އޭރިއާގެ ކަނާތްފަރާތުގެ ރޮނގު ކައިރިން ގޯލު ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލި ވަގުތު މެޗު ނިންމާލުމަށް ރެފްރީ ކަށިގަނޑު ފުމެލިއެވެ. އެ ހުރަސް ބެލިންގްހަމް ވަނީ ބޮލުން ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ މެޗު ނިންމާލި ފަހުން ބެލިންގްހަމް ކާމިޔާބުކުރި ގޯލެއް ކަމަށެވެ.

މެޑްރިޑުގެ ކުޅުންތެރިން ހިންހަމަ ނުޖެހުނީ އެ ޓީމުން ވެލެންސިއާގެ ގޯލު ކައިރީގައި ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސް ކުރަމުން ދަނިކޮށް ރެފްރީ މެޗު ނިންމާލުމުންނެވެ. ރެފްރީގެ މި ނިންމުން ބަލައިގަތުމަށް އެންމެ އުނދަގޫވި ކުޅުންތެރިއަކީ ގޯލު ކާމިޔާބުކުރި ބެލިންގްހަމްއެވެ. އެގޮތުން އޭނާއަށް ރެފްރީ ރަތްކާޑު ދެއްކީ ރެފްރީއާ މުއާމަލާތްކުރި ގޮތުންކަމަށް ބުނެފައިވެއެވެ.

މި ރަތްކާޑާ ގުޅިގެން ބެލިންގްހަމް ސަސްޕެންޑު ވެގެންދާނެ މެޗުގެ އަދަދު އެނގޭނީ، އެ ކާޑަށް އެޕީލް ކުރުމަށްފަހު އެ މައްސަލަ ނިމޭ ގޮތަކުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.