Advertisement

06 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެމްބައްޕޭ އާއި ކޭންގެ ތޫނުފިލި ކުޅުމާއެކު، ޕީއެސްޖީ އަދި ބެޔާން ވެސް ކުއާޓާއަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ-16ގެ ފުރަތަމަ ލެގުގައި ލާޒިއޯއާ ދެކޮޅަށް ބަޔާނަށް ކުރިމަތިވި ނާކާމިޔާބީ ފޫބެއްދުމަށް، ދެވަނަ ލެގުގައި ހެރީ ކޭން މުހިންމު ގޯލުތަކެއް ކާމިޔާބުކޮށް، ބެޔާން ކުއާޓާ ފައިނަލަށް ގެންގޮސްދީފިއެވެ

ރޯމްގައި ކުޅުނު ފުރަތަމަ ލެގުގައި އިމޯބައިލް ކާމިޔާބު ކުރި ޕެނަލްޓީއަކުން ލާޒިއޯ މޮލުވެފައިވަނީ 1-0 އިންނެވެ. މި ލީޑު ގެއްލުވާލީ މެޗުގެ 38 ވަނަ މިނެޓުގައި ކޭން ބޮލުން ކާމިޔާބުކުރި، ޔޫރަޕްގައި އޭނާ ޖެހި 50 ވަނަ ގޯލުންނެވެ. މެޗުގައި ބެޔާންގެ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތޯމަސް މުލާއެވެ

ބެޔާނުން ކުއާޓާ ފައިނަލް ކަށަވަރުކުރީ 66 ވަނަ މިނެޓުގައި ކޭން ކާމިޔާބުކުރި އިތުރު ގޯލަކުންނެވެ.

ޕީއެސްޖީ ކުއާޓާ ފައިނަލަށް ދަތުރުކުރީ ކީލިއަން އެމްބައްޕޭގެ ދެ ގޯލުންނެވެ. ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީއިން ވަނީ 2-1 އިން ކާމިޔާބުކޮށް، 4-1ގެ އެގްރިގޭޓު ސްކޯ އަކުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ

މި ސީޒަންގައި މިހާތަނަށް ޔޫރަޕްގެ ބޮޑު ފަސް ލީގަށް ބަލާއިރު އެންމެ ގިނަ ގޯލު ޖަހާފައިވާ އެމްބައްޕޭ ޕީއެސްޖީއަށް ލީޑު ނަގާދީފައިވަނީ 15 ވަނަ މިނެޓުގައެވެ. އޭނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 56 ވަނަ މިނެޓުގައެވެ. މި މެޗުގައި ސޮސިއެޑާޑްއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ 89 ވަނަ މިނެޓުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.