Advertisement

01 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭގޮތަށް، ޕޮގްބާއަށް 4 އަހަރުގެ ސަސްޕެންޝަނެއް

މަނާ ބޭސް ބޭނުންކޮށްފައިވާކަމަށް ޓެސްޓުތަކުން ޔަގީންވުމުން، އިޓަލީގެ ޖުވެންޓަސްއަށް ކުޅެމުން އަންނަ ފްރާންސްގެ ޕޯލް ޕޮގްބާ 4 އަހަރަށް ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތަށް ސަސްޕެންޑު ކޮށްފިއެވެ.

މަނާ ބޭސް ބޭނުންކުރުން ނުވަތަ ޑޯޕިންއަކީ ކުޅިވަރުގެ ބޮޑު ކުށެކެވެ. ޕޮގްބާ ޑޯޕިންއަށް ޓެސްޓުކޮށްފައިވަނީ މި ސީޒަން ފެށުނުއިރު، ރޭންޑަމްކޮށް އެކި ކުޅުންތެރިންގެ ޓެސްޓު ހަދަމުން ދިޔަ އިރެއްގައި، އޯގަސްޓް 20 ވަނަ ދުވަހުއެވެ. ފުރަތަމަ ޓެސްޓުން ޕޮޒިޓިވްވުމުން، އެކަން ޔަގީން ކުރުމަށް އޮކްޓޯބަރު މަހުގެ ތެރޭގައި  އިޓަލީގެ ނޭޝަނަލް އެންޓި-ޑޯޕިން ޓްރައިބިއުނަލް (ނޭޑޯ) އިން ވަނީ ދެވަނަ ޓެސްޓެއް ހަދާފައެވެ. އަދި ދެވަނަ ޓެސްޓުން ޔަގީން ކުރުމަށްފަހު އެންޓި-ޑޯޕިން ޕްރޮސެކިއުޓާ އޮފީހުން ނިންމީ އޭނާ ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި 4 އަހަރު ހަރަކާތްތެރިނުވެވޭ ގޮތަށް ސަސްޕެންޑުކުރުމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ވެސް އޭނާ ހުރީ ސަސްޕެންޝަނެއްގައެވެ. އެ ސަސްޕެންޝަނަކީ ޑްރަގް ޓެސްޓެއް ހެދިއިރު ޕޮގްބާގެ ހަށިގަނޑުގައި ޓެސްޓޮސްޓީރޯން ލެވެލް މާ މަތިކަމަށް ފާހަގަ ކުރެވުމުން އައި ސަސްޕެންޝަނެކެވެ. ޓެސްޓޮސްޓީރޯންއަކީ ބުންވަރު ރަގަޅުކޮށްދޭ ހޯމޯންއެކެވެ.

މިހުރިހާކަމަކަށް ޕޮގްބާވަނީ އިންކާރުކޮށްފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ ބަޔަކު މީހުން އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ހަލާކުކޮށްލުމަށް ކުރި ކަމެކެވެ. އަދި މި މައްސަލަ އެޕީލްކޮށް، އެއީ ދޮގުކަން ސާބިތުކޮށްދޭން މަސައްކަތްކުރާނެކަމަށް، މި މައްސަލައާ ގުޅިގެން ޕޮގްބާ ދީފައިވާ ސްޓޭޓްމެންޓެއްގައި ވެއެވެ.

"ޕްރޮފެޝަނަލް އެތުލީޓެއްގެ ގޮތުގައި ހުރެ، އެއްވެސް ޒާތެއްގެ މަނާ ބޭހެއް ބޭނުންކޮށްގެން އަހަރެންގެ ޕާފޯމެންސް ރަގަޅު ކުރުމަކީ އަހަރެން ކުރާނެކަމެއް ނޫން. އަދި އަހަރެންނާއިއެކު މިހާތަނަށް ކުޅެފައިވާ އެހެން އެތުލީޓުންނަށާއި، އަހަރެން ކުޅެފައިވާ ކްލަބުތަކުގެ ސަޕޯޓަރުންނަށް އަބަދުވެސް އަހަރެން ގަދަރުކުރަން. އެމީހުންނަށް އަހަރެން އޮޅުވައެއް ނުލާނަން."

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އުމުރުން 30 އަހަރުގެ ޕޮގްބާއަށް މި އައި ހުކުމާއެކު، 2027 ވަނަ އަހަރާއި ހަމައަށް ފުޓުބޯޅައިގެ ހަރަކާތްތަކުން އޭނާ ދުރަށް ދާންޖެހޭނެއެވެ. އަދި މި ސަސްޕެންޝަން ނިމޭއިރު އޭނާއަށް 34 އަހަރު ފުރޭނެއެވެ. އެއީ އާންމުކޮށް އެންމެ ފަތީ ފަންތީގައި ކުޅެމުން އަންނަ ކުޅުންތެރިން ރިޓަޔަމެންޓަށް ވިސްނާ އުމުރެވެ. އެހެންކަމުން، ފުޓުބޯޅައިގެ މަތީފަންތިން އޭނާ ދެން ފެންނާނެކަމާމެދު ޝައްކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.