Advertisement

އޭދަފުށި ޓީމުން މުބާރާތުގެ ތަށި އުފުލާލަނީ، ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

08 Mar 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އޭދަފުށި ޓީމުން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކޮށްފި

ރާއްޖޭގެ ރަށްތަކުގެ މެދުގައި ކުޅޭ އެންމެ ފޯރިގަދަ އަދި އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2024ގެ ޗެމްޕިއަންކަން ބ. އޭދަފުށި ފުޓްސަލް ޓީމުން ހޯދައިފިއެވެ. ރާއްޖޭގެ ފުޓުބޯޅައިގައި ފަރިތަ ނަންތަކެއް ހިމެނޭ އޭދަފުށި ޓީމުން މިއީ މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ގްރައުންޑުގައި ކުޅުނު މި ފޯރިގަދަ މެޗު އޭދަފުށިން ކާމިޔާބުކުރީ، އެންމެ ފަހުގެ ޗެމްޕިއަން ލ. ގަން 4-2 އިން ބަލިކުރުމަށްފަހުއެވެ.

މި މުބާރާތުގެ ތަށި އުފުލާލުމަށް އޭދަފުށިން ކުރި ދަތުރުގައި އެ ޓީމުން  ވަނީ ތިމަރަފުށިވެސް ބަލިކޮށްފައެވެ. ތިމަރަފުއްޓަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ މުބާރާތް 3 ފަހަރު ކާމިޔާބުކޮށްފައެވެ. އޭދަފުށިން ތިމަރަފުށި ކަޓުވާލީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ. މީގެ އިތުރުން، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ މާފަންނު ޓީމު ވެސް އޭދަފުށިން މި މުބާރާތުގައި ބަލިކޮށްފައިވެއެވެ.

ފައިނަލަށް ދަތުރު ކުރުމަށް ސެމީގައި އޭދަފުށި ކުރިމަތިލާން ޖެހުނީ ގާފަރާއެވެ. ގާފަރަކީ ޒޯން ބުރުގައި އޭދަފުށި ދެ މެޗުން ބަލިކުރި ޓީމެކެވެ. އަދި ޒޯން ބުރުގެ ފައިނަލުގައި ގާފަރުން ވަނީ ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށްފައެވެ.  ނަމަވެސް ސެމީގައި އޭދަފުށިން ވަނީ ޕެނަލްޓީ ޖަހައިގެން ގާފަރު ބަލިކޮށްފައެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި އޭދަފުއްޓަށް ގޯލުތައް ކާމިޔާބުކޮށްދީފައިވަނީ އިޝާން އިބްރާހިމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) އާއި އަލީ ފާސިރު (ސެންޓޭ)އެވެ. މީގެ ތެރެއިން ސެންޓޭވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.

ގަމުގެ ގޯލުތައް ކާމިޔާބުކުރީ އަބްދުﷲ ޖުނައިދު (ޖެންނޭ)ގެ އިތުރުން، އެ ޓީމަށް ލިބުނު ދުރު ޕެނަލްޓީއަކުން އަހުމަދު ހަލީމް (އައްމަޑޭ)އެވެ.

ރޭގެ ފައިނަލަކީ އޭދަފުށން މި މުބާރާތުގައު ކިޅުނު ދެވަނަ ފައިނަލެވެ. އެ ޓީމުން ފުރަތަމަ ފައިނަލަށް ދަތުރުކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ މެޗުގައި އޭދަފުށި މައްޗަށް ކުރި ހޯދީ ތިމަރަފުއްޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.