Advertisement

07 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

މެޑްރިޑް ހަނިގޮތަކަށް ކުއާޓާއަށް ދަތުރުކުރިއިރު، ސިޓީއަށް ފަސޭހަ މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ރޭ ސްޕެއިންގެ ރިއާލް މެޑްރިޑާއި ޖަރުމަނުގެ އާރުބީ ލެޕްޒިގް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވި ނަމަވެސް 2-1ގެ އެގްރިގޭޓް ސްކޯ އަކުން މެޑްރިޑު ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ

މެޑްރިޑްގެ ސެންތިއާގޯ ބާނަބޭއޯގައި ކުޅުނު މި މެޗުގައި މޮޅަށް ކުޅެފައިވަނީ ލެޕްޒިގްއެވެ. އެ ޓިމުން ޖުމްލަ 20 ހަމަލާ މެޑްރިޑްގެ ގޯލަށް ފޮނުވާލިއިރު، މެޑްރިޑަށް ފޮނުވާލެވިފައިވަނީ 12 ހަމަލާއެވެ

މެޗުގައި ފުރަތަމަ ލީޑު ނެގީ މެޑްރިޑުންނެވެ. މިއީ އަނިޔާގެ ސަބަބުން ފުރަތަމަ ލެގުގައި ނުކުޅެވުނު، އިންގްލެންޑުގެ 20 އަހަރުގެ ތަރި ޖޫޑް ބެލިންގްހަމަ ފަހިކޮށްދިން މޮޅު ފުރުސަތަކުން ވިނީސިއަސް ޖޫނިއަރ ކާމިޔާބުކުރި ގޯލެކެވެ

ނަމަވެސް އޭގެ މާގިނައިރުތަކެއް ނުވެ ލެޕްޒިގުގެ ސެންޓްރަލް ޑިފެންޑަރ، އޯބަން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ގަދަ-16ގެ އަނެއް މެޗުގައި މެންޗެސްޓަރ ސިޓީއާ ކޯޕަންހޭގް ބައްދަލުކުރި މެޗު ނިމުނީ 3-1 އިން ސިޓީ ކުރީގައި އޮވެގެންނެވެ. މިއާއެކު، 6-2ގެ އެގްރިގޭޓު ސްކޯއަކުން ސިޓީ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ މުބާރާތުގެ ކުއާޓާ ފައިނަލަށް ޖެހިޖެހިގެން ސިޓީ ދަތުރުކުރި 7 ވަނަ ސީޒަނެވެ

މެޗުގެ ހުރިހާ ގޯލެއް ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. ސިޓީގެ ގޯލުތައް ކާމިޔާބުކޮށްދިނީ، އަކަންޖީ، އަލްވަރެޒް އަދި ހާލަންޑެވެ. ކޯޕަންހޭގަންގެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނޯވޭ މިޑްފީލްޑަރު އެލީޔޫނުސީއެވެ

ޗެމްޕިއަންސް ލީގުގެ ގަދަ-16ގެ ބާކީ 4 މެޗު އަދި ކުޅެފައިނުވާއިރު، މި މެޗުތައް ޝެޑިއުލްކޮށްފައިވަނީ މި އަންނަ ހަފްތާއަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.