Advertisement

05 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

މިއަންނަ ސީޒަނުން ފެށިގެން ޗެމްޕިއަންސް ލީގުގައި ގްރޫޕް ސްޓޭޖު މެޗުތަކެއް ނުކުޅޭނެ

ކްލަބުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް އަދި ދުނިޔޭގެ އެންމެ ފޯރިގަދަ ކްލަބް ކޮމްޕެޓިޝަން ކުޅޭ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ.

މިހާރުގެ ފޯމެޓުގައި ޗެމްޕިއަންސް ލީގު ފަށަނީ 32 ޓީމާއެކު 8 ގްރޫޕަށް ބަހާލައިގެންނެވެ. ނަމަވެސް މިއަންނަ ސީޒަނުން ފެށިގެން އިތުރު 4 ޓީމާއެކު، ޗެމްޕިއަންސް ލީގަށް 36 ޓީމު ކޮލިފައި ވާނެއެވެ. އަދި ނޮކްއައުޓް ބުރަށްދާ ޓީމުތައް ހޮވުމަށް، ގްރޫޕް ސްޓޭޖުގެ ބަދަލުގައި ދެން ކުޅޭނީ 36 ޓީމުގެ ލީގެކެވެ. މިއީ ލީގު ފޭސްއެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ފޭސް

ލީގު ފޭސްގައި ކޮންމެ ޓީމެއް 8 މެޗު ކުޅޭނެއެވެ. މި 8 މެޗު ވެސް ކުޅޭނީ ތަފާތު 8 ޓީމާއެވެ. މި މެޗުތަކުގެ ތެރެއިން 4 މެޗު ކޮންމެ ޓީމެއްގެ އަމިއްލަ ދަނޑުގައި ކުޅޭއިރު، އަނެއް 4 މެޗު ކުޅޭނީ އިދިކޮޅު ޓީމުގެ ދަނޑުގައެވެ.

ލީގު ފޭސްގައި ކުޅޭނެ ޓީމުތައް ކަނޑައަޅާނީ ގުރުއަތަކުންނެވެ. އެ ޓީމެއްގެ ޑޮމެސްޓިކް ލީގުގެ ރޭންކަށް ބަލައި، މި ގުރުއަތު ނަގާނީ 4 ޕޮޓަކަށް ޓީމުތައް ބަހާލުމަށްފަހުއެވެ. ކޮންމެ ޓީމަކާ، މިތަނުން ކޮންމެ ޕޮޓަކުން 2 ޓީމު ބައްދަލުކުރަންޖެހޭ ގޮތަށް ގުރުއަތުނަގާނެއެވެ. އަދި ކޮންމެ ޕޮޓަކުން ނަގާ ދެ ޓީމުގެ ތެރެއިން އެއް ޓީމާ ބައްދަލުކުރާނީ އަމިއްލަ ދަނޑުގައެވެ. އަދި އަނެއް ޓީމާ ބައްދަލުކުރާ މެޗު ކުޅޭނީ އެ ޓީމުގެ ދަނޑުގައެވެ. އެހެން ކަމުން އެކި ފެންވަރުގެ ޓީމުތަކާއެކު "ހޯމް އެންޑް އަވޭ" މެޗުތައް ކޮންމެ ޓީމެއް ވެސް ކުޅޭނެއެވެ.

ލީގު ފޭސްގައި މޮޅުވާ ޓީމަކަށް 3 ޕޮއިންޓު ލިބޭއިރު، އެއްވަރުވާ މެޗަކަށް ލިބޭނީ ހަމަ ކުރިން އޮތް ހެން 1 ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގެ ނޮކް އައުޓް ފޭސް

ލީގު ފޭސްގައި ލިބުނު ރޭންކަށް ބަލައި ނޮކް-އައުޓް ފޭސްއަށް ޓީމުތައް ދަތުރު ކުރާ ގޮތް ތަފާތު ވާނެއެވެ. އެ ގޮތުން ލީގުގެ 1 ވަނަ އިން 8 ވަނައަށް ދިޔަ ޓީމުތައް ސީދާ ގަދަ-16 އަށް ދަތުރު ކުރާނެއެވެ. ގަދަ-16 އަށް ދަތުރު ކުރާ އަނެއް 8 ޓީމު ކަނޑައަޅާނީ ގްރޫޕް ފޭސްގެ 9 ވަނަ އާއި 24 ވަނައަށް ދާ ޓީމުތަކުގެ މެދުގައި ކުޅޭ "ހޯމް އެންޑް އަވޭ" ނޮކް-އައުޓް ޕްލޭ-އޮފަކަށް ފަހުއެވެ.

ލީގު ފޭސްގައި 25 ވަނައިން 36 ވަނައަށް ދިޔަ ޓީމުތައް މުބާރާތާއި އަލްވަދާއު ކިޔަން ޖެހޭނެއެވެ.

ޕްލޭ-އޮފް ބުރުގައި 9 ވަނަ އިން 16 ވަނައަށް ދިޔަ ޓީމުތައް ކުޅޭނީ 17 ވަނައިން 24 ވަނައަށް ދިޔަ ޓީމުތަކާ ދެކޮޅަށެވެ. މިތަނުން 9 ވަނަ އިން 16 ވަނައަށް ދިޔަ ޓީމުތަކަށް އޮތް އެޑްވަންޓޭޖަކީ، ފަހު ލެގު އެ ޓީމުތަކުގެ ދަނޑުގައި ކުޅޭ ގޮތަށް ނިންމާފައި އޮތުމެވެ.

ޕްލޭ-އޮފް މެޗުތައް އެގްރިގޭޓުން ކާމިޔާބުކުރާ ޓީމުތައް ގަދަ-16 އަށް ދަތުރު ކުރާނެއެވެ. އަދި އެއަށްފަހު ދެން މުބާރާތް ކުރިޔަށް ދާނީ މިހާރު ވެސް ކުޅޭ ގޮތަށެވެ. އެއީ "ހޯމް އެންޑް އަވޭ" އުސޫލުންނެވެ. އަދި ފައިނަލް މެޗު ކުޅޭނީ ޔޫއެފާއިން ކަނޑައަޅާ ނިއުޓްރަލް ދަނޑެއްގައެވެ.

ޗެމްޕިއަންސް ލީގުގައި ގްރޫޕް ސްޓޭޖު މެޗުތަށް ނުކުޅޭ ގޮތަށް 10 މެއި 2022 ގައި ނިންމި މިންމުމަށް، މި އަންނަ 2024/25 ސީޒަނުން ފެށިގެން މުބާރާތް ކުޅޭ ފޯމެޓު ބަދަލުވާނެއެވެ. މިއީ 19 އެޕްރީލް 2021 ގައި މުބާރާތް ކުޅޭ ފޯމެޓު ބަދަލު ކުރުމަށް ޔޫއެފާއިން ނިންމުމާ ގުޅިގެން ގެނައި ބަދަލެކެވެ.  

މި ނިންމުމާ ގުޅިގެން ޔޫރޮޕާ ލީގާއި ޔޫރޮޕާ ކޮންފަރެންސް ލިގު ވެސް ކުޅޭނީ މި ފޯމެޓަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.