ކުޅިވަރު
ކުޅިވަރު
01 Dec 2023
ކުޅިވަރު
ޔޫރަޕްގެ ފުރަތަމަ މުބާރާތުގައި ބްރައިޓަންއިން ދެވަނަބުރާ ގާތަށް
ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް-ބީގައި ބުރާސްފަތި ދުވަހުގެރޭ އޭއީކޭ އެތެންސް އަދި ބްރައިޓަން އެންޑް ހޯލްވްސް ބައްދަލުކުރި މެޗު 1-0 އިން ބްރައިޓަން ކާމިޔާބުކޮށްފިއެވެ. ގްރީސްގައި ކުޅުނު މި މެޗު ކާމިޔާބުކުރުމުން ބްރައިޓަންއަށް މި ވަނީ ގްރޫޕްގެ އެއްވަނަ ނުވަތަ ދެވަނަ ލިބޭނެކަން ކަށަވަރުވެފައެވެ.
30 Nov 2023
ކުޅިވަރު
އިސްތަންބޫލްގައި އަނެއްކާވެސް ޔުނައިޓެޑަށް ހިތްދަތި ރެއެއް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭ ގައި ބުދަ ދުވަހުގެ ރޭ މެންޗެސްޓަރ ޔުނައިޓެޑުން ނިކުތީ ތުރުކީގެ ގަލަޓަސަރާއިއާ ދެކޮޅަށެވެ. އިސްތަންބޫލްގައި ކުޅުނު މި މެޗަށް ނިކުތްއިރު ގަލަޓަސަރާއީ ބަލިކޮށް ގްރޫޕްގެ 2 ވަނައަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތެވެ. ނަމަވެސް މެޗު ނިމުނީ 3-3 އިން އެއްވަރުވެ، ގްރޫޕްގެ އެންމެ ފުލުގައި ޔުނައިޓެޑް އޮވެގެނެވެ.
29 Nov 2023
ކުޅިވަރު
މި ސީޒަންގައި ޕީއެސްޖީ ދެވަނަ ފަހަރަށް ނިއުކާސްލްގެ އަތްދަށުނުވީ ކިރިޔާ
ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ފްރާންސްގެ ޗެމްޕިއަން، ޕެރިސް ސެއިންޓް-ޖާރމޭން (ޕީއެސްޖީ) އާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއަކުން، މި ސީޒަންގައި ދެވަނަ ފަހަރަށް ނިއުކާސްލްގެ އަތުން ބަލިނުވެ އެ ޓީމު ސަލާމަތްވެއްޖެއެވެ.
28 Nov 2023
ކުޅިވަރު
ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން މޮޅު އެތުލީޓަކަށް މި ފަހަރު ވެސް ސާއިދު
ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާ މި އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ދިފާއު ކުރުމަށް ކުރި ދަތުރުގައި އޭނާވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.
28 Nov 2023
ކުޅިވަރު
ބިލްބާއޯއާ އެއްވަރުވުމުން ޖިރޯނާއަށް ލީގުގެ އެއްވަނަ ދިފާއެއް ނުކުރެވުނު
މި ސީޒަންގައި މޮޅު ނަތީޖާތަކެއް ނެރެމުންއަންނަ ޖިރޯނާ މި މެޗާ ހަމައަށް އައިއިރު އޮތީ 2 ޕޮއިންޓުގއ ލީޑަކާ އެކު ލީގުގެ އެއްވަނައިގައެވެ. ނަމަވެސް މި ނަތީޖާއާ އެކީ ޖިރޯނާ އާއި ރިއަލް މެޑްރިޑް މިވަނީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. އަދި ކޮންމެ ޓީމަކަށް ވެސް 14 މެޗުން 35 ޕޮއިންޓް ލިބިފައިވީ ނަމަވެސް، މެޑްރިޑް އެއްވަނައަށް އަރާފައިވަނީ ގޯލުގެ ފަރަގުންނެވެ.
27 Nov 2023
ކުޅިވަރު
ގަނާޗޯގެ ރީތި ގޯލުން އައުވީ ރޫނީގެ ހަނދާންތައް
އިންގްލިޝް ޕްރިމިއަރ ލީގުގައި އާދީއްތަދުވަހުގެރޭ އެވަޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި، ޔުނައިޓެޑްގެ އަލެހާންޑްރޯ ގަނާޗޯ ޖެހި ރީތި “އޯވަރ ހެޑް” ގޯލުން ހަނދާން އައުކޮށްދިނީ، މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ކުރީގެ ތަރި ވޭން ރޫނީ 2011 ވަނަ އަހަރު ކާމިޔާބުކުރި “އޯވަރ ހެޑް” ގޯލުގެ ހަނދާންތަކެވެ.
26 Nov 2023
ކުޅިވަރު
ކައި ހަވަޓްސް ބެންޗުން އަރާ ޖެހި ގޯލުން އާސެނަލް ލީގުގެ އެއްވަނައަށް
އިންގްލިޝް ޕްރިމިއަރ ލީގުގެ އެއްވަނައަށް އެރުމަށް ޓީމުތަކުން ކޯޅުން ބޮޑުވެފައި ވަނިކޮށް، މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ބައްދަލު ކުރި މެޗު އެއްވަރުވުމުގެ ފައިދާ ނަގައި، އާސެނަލް ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ. ބްރެންޓްފޯޑާ ރަށުން ބޭރުގައި ބައްދަލުކުރި މި މެޗު އާސެނަލް ކާމިޔާބުކުރީ 1-0 އިންނެވެ.
26 Nov 2023
ކުޅިވަރު
ލިވަޕޫލާއި ސިޓީ އެއްވަރުވިއިރު ހާލަންޑަށް ލީގު ރެކޯޑެއް
މިދިޔަ އަހަރުގެ ޖޫންގައި ޖަރުމަހްގެ ބްރޫޝިއާ ޑޯޓްމަންޑުން ސިޓީއަށް ބަދަލުވި ހާލަންޑު، ޕްރިމިއަރ ލީގުގެ މި ރެކޯޑު މި އައުކުރީ 48 މެޗުންނެވެ. ކުރިން މި ރެކޯޑު އޮތީ މެންޗެސްޓަރ ޔުނައިޓެޑަށާއި ނިއުކާސްލް ޔުނައިޓެޑަށް ކުޅުނު އެންޑްރޫ ކޯލްގެ އަތުގައެވެ. އޭނާ 50 ގޯލު ކާމިޔާބުކުރީ 65 މެޗުންނެވެ.
25 Nov 2023
ކުޅިވަރު
އެތުލީޓުންނާ ގުޅުންހުރި ކަންކަން ޙިއްސާކުރުމަށް ޙާއްސަ ފޯރަމެއް
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އެތުލީޓްސް ކޮމިޝަނުން އިސްނަގައިގެން، އެތުލީޓުންނަށް ހާއްސަ ފޯރަމެއް ފަށައިފިއެވެ. މި ފޯރަމަކީ، ރާއްޖޭގެ އެތުލީޓުންނަށް ހުރި ފުރުސަތުތަކާއި، އެތުލީޓުންނާއި ގުޅުންހުރި އެހެނިހެން ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި، އެތުލީޓުންގެ ހިޔާލު ހޯދުމަށް ކުރިޔަށް ގެންދާ ފޯރަމެކެވެ.
25 Nov 2023
ކުޅިވަރު
ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި އެވަޓަން ސަޕޯޓަރުން މުޒާހަރާކުރުމަށް ތައްޔާރުވަމުން އެބަދޭ
އިންގްލިޝް ޕްރިމިއަލީގުގައި އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:30 ގައި މެންޗެސްޓަރ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރާ މެޗުގެ 10 ވަނަ މިނެޓުގައި، ދަނޑުގައި ކުޅި ބަލަން ތިބެގެން މުޒާކުރުމަށް އެވަޓަންގެ ސަޕޯޓަރުންގެ ގްރޫޕެއް ކަމުގައިވާ “1878” އިން މަސައްކަތް ކުރަމުން އެބަދެއެވެ. މި ގްރޫޕުން ގޮވާލާފައިވަނީ، ލީގުގައި ކޮރަޕްޝަން އުފެދިފައިވާ އިބާރާތްތައް އެ ހަރަކާތުގައި ބޭނުން ކުރުމަށެވެ.
24 Nov 2023
ކުޅިވަރު
ސަސް ބަލިކޮށް އީގަލްސްއިން ލީގުގެ ތަށި އުފުލާލުމުގެ އުއްމީދުގައި
އެމް. ޑަބްލިޔު.އެސް.ސީ. ދިވެހި ޕްރިމިއަރ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗު 5-2 އިން ކާމިޔާބުކޮށް، އީގަލްސް އިން ލީގު ކާމިޔާބު ކުރުމުގެ އުއްމީދު އައުކޮށްފިއެވެ.
24 Nov 2023
ކުޅިވަރު
ދިވެހި ލީގުގެ ތިން ވަނަ ބުރު ނުކުޅެން ނިންމައިފި
މިހާރު ކުރިޔަށްދާ، އެމް. ޑަބްލިޔު.އެސް.ސީ. ދިވެހި ޕްރިމިއަރ ލީގުގެ ތިން ވަނަ ބުރެއް ނުކުޅޭން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، އެފްއޭއެމް އިން މިގޮތަށް ނިންމާފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ އެކްޒެކެޓިވް ކޮމެޓީގައި، ކްލަބް ތަކާ މަޝްވަރާ ކުރުމަށްފަހުއެވެ.
20 Nov 2023
ކުޅިވަރު
ދިވެހި ލީގުގައި ޔޫވީ ކޮޅަށް މާޒިޔާއިން ގިނަ ގޯލުތަކެއް ޖެހިއިރު، އީގަލްސްއިން ވެސް ތިން ޕޮއިންޓު ހޯދި
ގަލޮޅު ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން މާޒިޔާ ކާމިޔާބު ކޮށްފިއެވެ. މި މެޗު 11-0 ކާމިޔާބުކޮށް މާޒިޔާއިން ވަނީ ލީގުގައި މިހާރު ޖުމްލަ 25 ޕޮއިންޓު ހޯދާފައެވެ.
20 Nov 2023
ކުޅިވަރު
އިންޑިއާ ބަލިކޮށް އޮސްޓްރޭލިއާއިން 6 ވަނަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފި
އިންޑިއާއިން ބާރަ އަހަރަށްފަހު އަމިއްލަ ގައުމުގައި ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އުއްމީދާއިއެކު ނިކުތް ނަމަވެސް، ނަރެންޑްރަ މޯޑީ ސްޓޭޑިއަމްގައި އާދިއްތަ ދުވަހު ކުޅުނު މެޗުން ބަލިވެ، އެ ޓީމަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެއެވެ.
17 Nov 2023
ކުޅިވަރު
އީގަލްސް އިން ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި
އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުތަކަށާއި، ވޯލްޑް ކަޕް/އޭޝިއަން ކަޕްގެ ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ދެ މެޗަށް ދިވެހި ޕްރިމިއަރ ލީގު މެދުކަނޑާލާ، ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު އަލުން އަނބުރާ ލީގު ފެށި މެޗު އީގަލްސް އިން ކާމިޔާބުކޮށްފިއެވެ. މިއީ އޯގަސްޓް 29 ވަނަ ދުވަހަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.
17 Nov 2023
ކުޅިވަރު
ސައުތު އެފްރިކާއަށް މި ފަހަރު ވެސް ނާކާމިޔާބީ، ފައިނަލަށް އޮސްޓްރޭލިއާ
ބުރާސްފަތި ދުވަހު ސައުތު އެފްރިކާ ނިކުތީ ކްރިކެޓް ވޯލްޑްކަޕްގެ އެންމެ ކާމިޔާބު ޓީމުކަމުގައިވާ އޮސްޓްރޭލިއާ އާ ދެކޮޅަށެވެ. އެމީހުން ވަނީ މި މުބާރާތް 5 ފަހަރު ކާމިޔާބު ކޮށްފައެވެ. ނަމަވެސް އޮސްޓްރޭލިއާ އަތުން 3 ވިކެޓުން ބަލިވެ، ސައުތު އެފްރިކާ އަނެއްކާވެސް މިވަނީ ފައިނަލަށް ނުދެވި މުބާރާތުން ކަޓައިފައެވެ.