Advertisement

04 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޑޯޓްމަންޑު މެޗު އެއްވަރުވީ ޖެހިޖެހިގެން 8 މެޗުން ލެވަކޫސަން މޮޅުވުމަށްފަހު

އާދީއްތަ ދުވަހުގެރޭ ޖަރުމަނު ބުންޑަސްލީގާގެ އެއްވަނައިގައި އޮތް ބެޔާން ލެވަކޫސަން އާއި ބޮރޫޝިއާ ޑޯޓްމަންޑު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވި ނަމަވެސް، މި ސީޒަންގައި ލެވަކޫސަން އިން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ދަނީ ކުރިޔަށެވެ. މީގެ ކުރިން ކޮންމެ މެޗެއްގެ ފުރަތަމަ ހާފު ގޯލު ޖަހަމުން އައި ލެވަކޫސަންގެ ޓީމަށް، ޑޯޓްމަންޑުގެ ގޯލު ފޫއަޅުވާ ލެވުނީ މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމުގެ ވިކްޓަރ ބޮނިފޭސް ކާމިޔާބުކުރި ގޯލަކުންނެވެ. ނަމަވެސް މި މެޗު އެއްވަރުވުމުން، ޖެހިޖެހިގެން 8 މެޗުން މޮޅުވުމަށްފަހު، ލެވަކޫސަން އިން މިވަނީ ފުރަތަމަ ފަހަރަށް މެޗަކުން އެއްވަރުވެފައެވެ.

މެޗުން މޮޅުނުވި ނަމަވެސް، ލެވަކޫސަން އޮތީ ޓޭބަލްގެ އެއްވަނައިގައެވެ. އެއީ 13 މެޗުން ޖުމްލަ 35 ޕޮއިންޓު ހޯދައިގެނެވެ. ދެވަނައިގައި އޮތީ ލެވަކޫސަންއަށް ވުރެން އެއް މެޗު މަދުންކުޅެ، 32 ޕޮއިންޓާއެކު ބެޔާން މިއުނިކްއެވެ. މި ހަފްތާ ޔޫނިއަން ބާލިންއާ ދެކޮޅަށް ބެޔާން ކުޅެން ހަމަޖެހިފައިއޮތް މެޗު ސްނޯ ބޭފުމުގެ ސަބަބުން ވަނީ ފަސްކޮށްފައެވެ

މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ލެވަކޫސަންއެވެ. އެގޮތުން އެ ޓީމުންވަނީ ޑޯޓްމަންޑުގެ ގޯލަށް އަމާޒުކޮށް ޖުމްލަ 22 ޝޮޓު ފޮނުވާލާފައެވެ. އޭގެ ބަދަލުގައި ލެވަކޫސަންގެ ގޯލަށް ފޮނުވާލެވުނީ 6 ހަމަލާއެވެ

ލެވަކޫސަންއާ 10 ޕޮއިންޓު ފަހަތުން، ލީގުގެ ފަސްވަނައިގައި އޮތް ޑޯޓްމަންޑުގެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 5 ވަނަ މިނެޓުގައި ޖޫލިއަން ރްޔާސަންއެވެ. މިއީ މި ސީޒަންގައި އޭނާ ޖެހި 3 ވަނަ ގޯލެވެ

ލެވަކޫސަން އެއްވަރުކުރި ގޯލު 79 ވަނަ މިނެޓުގައި ބޮނިފޭސް ކާމިޔާބުކުރިއިރު، މި ފުރުސަތު ފަހިކޮށްދިނީ ހަމަ އެ މިނެޓުގައި ކުޅެން ނިކުތް ޗެކްރިޕަބްލިކްގެ ފޯވާޑް ޕެޓްރިކް ޝިކްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.