Advertisement

28 Nov 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ބިލްބާއޯއާ އެއްވަރުވުމުން ޖިރޯނާއަށް ލީގުގެ އެއްވަނަ ދިފާއެއް ނުކުރެވުނު

ސްޕެނިޝް ލަ ލީގާގައި ހޯމަ ދުވަހުގެރޭ ޖިރޯނާ އާއި އެތުލެޓިކް ކްލަބް ބިލްބާއޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޖިރޯނާއަށް މި ހަފްތާ ނިމުނު އިރު ލީގުގެ އެއްވަނަ ދިފާއެއް ނުކުރެވުނެވެ. 

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ބިލްބާއޯއެވެ. ނަމަވެސް ޖިރޯނާގެ ހުޝިޔާރު ކީޕަރު ޕައުލޯ ގައްޒަނިޔާ ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ. ޖިރޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ކުރިހޯދީ ޖިރޯނާއެވެ. އެއީ މެޗުގެ 55 ވަނަ މިނެޓުގައި ވިކްޓަރ ސިގަންކޯވް ކާމިޔާބުކޮށްދިން ގޯލަކުންނެވެ. ނަމަވެސް އޭގެ 12 މިނެޓު ފަހުން މެޗުގެ 67 ވަނަ މިނެޓުގައި ބިލްބާއޯގެ ވިލިއަމްސް އެ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކުރިއެވެ.

މި ސީޒަންގައި މޮޅު ނަތީޖާތަކެއް ނެރެމުންއަންނަ ޖިރޯނާ މި މެޗާ ހަމައަށް އައިއިރު އޮތީ 2 ޕޮއިންޓުގއ ލީޑަކާ އެކު ލީގުގެ އެއްވަނައިގައެވެ. ނަމަވެސް މި ނަތީޖާއާ އެކީ ޖިރޯނާ އާއި ރިއަލް މެޑްރިޑް މިވަނީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. އަދި ކޮންމެ ޓީމަކަށް ވެސް 14 މެޗުން 35 ޕޮއިންޓް ލިބިފައިވީ ނަމަވެސް، މެޑްރިޑް އެއްވަނައަށް އަރާފައިވަނީ ގޯލުގެ ފަރަގުންނެވެ.

ބިލްބާއޯއިން މި ނެރުނު ނަތީޖާއާ އެކީ، ޖިރޯނާ ޖެހިޖެހިގެން މެޗުތަކުން މޮޅުވަމުން އައި ފޯމް މިވަނީ 5 މެޗަށްފަހު ނިމުމަކަށް އައިސްފައެވެ.  ބިލްބާއޯ މިހާރު އޮތީ 14 މެޗުން 25 ޕޮއިންޓު ހޯދާ، ލީގުގެ 6 ވަނައިގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.