Advertisement

17 Nov 2023
ކުޅިވަރު

ސައުތު އެފްރިކާއަށް މި ފަހަރު ވެސް ނާކާމިޔާބީ، ފައިނަލަށް އޮސްޓްރޭލިއާ

ސައުތު އެފްރިކާގެ ހައްދަކީ މިއީބާއެވެ؟

ސައުތު އެފްރިކާއިން ކްރިކެޓް ވޯލްޑް ކަޕްގައި 9 ފަހަރު ކުޅެފައިވާއިރު، އެ ޓީމު ވަނީ 5 މުބާރާތުގެ ސެމީއަށް ދަތުރު ކޮށްފައެވެ. ނަމަވެސް، މިއިން އެއްވެސް ސެމީ ފައިނަލް މެޗެއް އަދި އެ ޓީމަށް ކާމިޔާބު ކުރެވިފައެއް ނެތެވެ.

ބުރާސްފަތި ދުވަހު ސައުތު އެފްރިކާ ނިކުތީ ކްރިކެޓް ވޯލްޑްކަޕްގެ އެންމެ ކާމިޔާބު ޓީމުކަމުގައިވާ އޮސްޓްރޭލިއާ އާ ދެކޮޅަށެވެ. އެމީހުން ވަނީ މި މުބާރާތް 5 ފަހަރު ކާމިޔާބު ކޮށްފައެވެ. ނަމަވެސް އޮސްޓްރޭލިއާ އަތުން 3 ވިކެޓުން ބަލިވެ، ސައުތު އެފްރިކާ އަނެއްކާވެސް މިވަނީ ފައިނަލަށް ނުދެވި މުބާރާތުން ކަޓައިފައެވެ.

މެޗުގެ ފުރަތަމަ އިނިންގްސްގައި ކުޅެން ނިކުތީ ސައުތު އެފްރިކާއިންނެވެ. އޮސްޓްރޭލިއާގެ ބޯލަރުން ސައުތު އެފްރިކާގެ ކުޅުންތެރިންނަށް ރަގަޅު ސްކޯއެއް ހެދޭނެ މާ ބޮޑު ފުރުސަތެއް ނުދިން ނަމަވެސް، ޑޭވިޑް މިލާގެ ސެންޗަރީއިން ސައުތު އެފްރިކާ ނިންމާލީ އެންމެން ނުބައިވެ 212 ލަނޑު ހަދައިގެންނެވެ. މިލާ ވަނީ މި މެޗުގައި 116 ބޯޅައިން 101 ލަނޑު ހަދާފައެވެ.

ދެވަނަ އިނިންގްސްގައި އޮސްޓްރޭލިއާ މެޗު ކާމިޔާބު ކުރުމަށް 213 ލަނޑު ހަދަންޖެހުނު އިރު، މިއީ 1999 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލްގައި މި ދެ ޓީމު ބައްދަލު ކުރި މެޗުގައި ވެސް މެޗު ކާމިޔާބު ކުރުމަށް އޮސްޓްރޭލިއާއަށް ހަދަން ޖެހުނު ލަނޑުގެ އަދަދެވެ.

އޮސްޓްރޭލިއާއިން 7 ކުޅުންތެރިން ނުބައިވެގެން 213 ލަނޑު ހަމަކުރިއިރު، 50 އޯވަރު ހަމަވުމަށް ބާކީ 16 ބޯޅަ އޮތެވެ.

މުބާރާތުގެ ފައިނަލް ގައި މި އަންނަ އާދީއްތަ ދުވަހު އޮސްޓެރޭލިއާ ބައްދަލު ކުރާނީ މުބާރާތް ބާއްވާ ގައުމު، އިންޑިއާ އާ ދެކޮޅަށެވެ. އިންޑިއާއިން ވަނީ މި މުބާރާތް 2 ފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.