Advertisement

އޮސްޓްރޭލިއާއިން ކްރިކެޓް ވޯލްޑް ކަޕްގެ 6 ވަނަ ތަށި އުފުލާލަނީ

20 Nov 2023
ކުޅިވަރު

އިންޑިއާ ބަލިކޮށް އޮސްޓްރޭލިއާއިން 6 ވަނަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

އިންޑިއާއިން ބާރަ އަހަރަށްފަހު އަމިއްލަ ގައުމުގައި ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އުއްމީދާއިއެކު ނިކުތް ނަމަވެސް، ނަރެންޑްރަ މޯޑީ ސްޓޭޑިއަމްގައި އާދިއްތަ ދުވަހު ކުޅުނު މެޗުން ބަލިވެ، އެ ޓީމަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެއެވެ.

ފުރަތަމަ އިނިންގްސްގައި ކުޅެން ނިކުމެ އިންޑިއާއަށް މާގިނަ ލަނޑުތަކެއް ނުހެދުމުގެ ނަތީޖާއަކަށްވީ، އޮސްޓްރޭލިއާއިން ޖަވާބުގައި ކުޅެން ނިކުމެ 6 ވިކެޓުން މެޗު ކާމިޔާބު ކުރުމެވެ. ހުރިހާ ކުޅުންތެރިން ނުބައިވެގެން އިންޑިއާއަށް ހެދުނީ 240 ލަނޑެވެ. އޮސްޓްރޭލިއާއިން މި އަދަދު ހަމަކުރީ 43 އޯވަރުންނެވެ.

މި ކާމިޔާބީއާ އެކީ އޮސްޓްރޭލިއާ އިން މިހާރު މިވަނީ ޖުމްލަ 6 ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އިންޑިއާއަށް ޖުމްލަ 2 ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައިވާއިރު، ވެސްޓް އިންޑީޒް އިން ވެސް ވަނީ 2 ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފައިވަނީ އެއްވެސް ޓީމެއްގެ އަތުން ބަލި ނުވެއެވެ. އެގޮތުން އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖްގައި 4 ވިކެޓުން އޮސްޓްރޭލިއާ ވެސް ބަލިކޮށްފައެވެ.

އޮސްޓްރޭލިއާއިން ގްރޫޕް ސްޓޭޖްގައި ދެ މެޗުން ބަލިވެފައިވެއެވެ. އެއީ އިންޑިއާ އަތުންނާއި ސައުތު އެފްރިކާ އަތުންނެވެ. އޮސްޓްރޭލިއާގެ ފަރާތުން މި މުބާރާތުގައި ފެނުނު އެންމެ ދަށް ކުޅުމެއް ފެނިގެން ދިޔަ ސައުތު އެފްރިކާ މެޗުގައި އެމީހުން ބަލިވެފައިވަނީ 7 ވިކެޓުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.