Advertisement

މެންޗެސްޓަރ ޔުނއަިޓެޑްގެ ބްރޫނޯ ފެނާންޑޭޒް

30 Nov 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އިސްތަންބޫލްގައި އަނެއްކާވެސް ޔުނައިޓެޑަށް ހިތްދަތި ރެއެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭ ގައި ބުދަ ދުވަހުގެ ރޭ މެންޗެސްޓަރ ޔުނައިޓެޑުން ނިކުތީ ތުރުކީގެ ގަލަޓަސަރާއިއާ ދެކޮޅަށެވެ. އިސްތަންބޫލްގައި ކުޅުނު މި މެޗަށް ނިކުތްއިރު ގަލަޓަސަރާއީ ބަލިކޮށް ގްރޫޕްގެ 2 ވަނައަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތެވެ. ނަމަވެސް މެޗު ނިމުނީ 3-3 އިން އެއްވަރުވެ، ގްރޫޕްގެ އެންމެ ފުލުގައި ޔުނައިޓެޑް އޮވެގެނެވެ.

މި މެޗަށް ނިކުތްއިރު ޔުނައިޓެޑުގެ ސަޕޯޓަރުންނަށް އުނދަގޫ ކުރަމުން ދިޔަ އިސްތަންބޫލްގެ ހިތި ތަޖުރިބާއެއް އޮތެވެ. އެއީ މީގެ ތިރީސް އަހަރު ކުރިން، 1993 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގަލަޓަސަރާއީއާ ދެކޮޅަށް އިސްތަންބޫލްގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގެވެ. އެ މެޗު 0-0 އިން އެއްވަރުވެ، އެ ސީޒަންގެ ޗެމްޕިއަންސް ލީގުން ޔުނައިޓެޑަށް އަލްވަދާއު ކިޔަން ޖެހުނު ހިތި ހަނދާނެވެ

މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ޔުނައިޓެޑުން ލީޑު ނެގިއެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބު ކޮށްދިނީ ބުރޫނޯ ފެނާންޑޭޒް ދިން ޕާހަކުން ޔުނައިޓެޑްގެ ޒުވާން ފޯވާޑް އަލެހާންޑްރޯ ގަނާޗޯއެވެ. ޔުނައިޓެޑުން ލީޑު ފުޅާކުރީ އޭގެ 7 މިނެޓު ފަހުން، ގަލަޓަސަރާއީގެ ޕެނަލްޓީ އޭރިޔާ ބޭރުން ބްރޫނޯ ކާމިޔާބުކޮށްދިން ގޯލަކުންނެވެ.

ގަލަޓަސަރާއީއިން އެމީހުންގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ، އިކާޑޯއަށް ބްރޫނޯ ކުރި ފައުލަކަށް އޭރިޔާ ކައިރިން ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ހިލޭ ޖެހުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒަންގައި އެ ޓީމަށް ބަދަލުވި ހަކީމް ޒިޔެޗްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެވަނަ ގޯލެއްވެސް ގަލަޓަސަރާއީއިން ކާމިޔާބު ކުރިއެވެ. ނަމަވެސް އިކާޑޯގެ މި ގޯލު ވަނީ އޮފްސައިޑްކަމަށް ނިންމާފައެވެ

ދެވަނަ ހާފު ފަށައިގެން 10 މިނެޓު ކުޅުނު ފަހުން އަނެއްކާވެސް ފެނުނީ ޔުނައިޓެޑްގެ ގޯލެކެވެ. މެކްޓޮމިނޭގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ގޯލާއެކީ އަނެއްކާވެސް ޔުނައިޓެޑްކޮޅަށް މެޗު ވަރަށް ބޮޑަށް އެނބުރުނެވެ. ނަމަވެސް އޭގެ 8 މިނެޓު ފަހުން މެޗުގެ އޮއިވަރު ބަދަލުވާން ފެށިއެވެ. މި ފަހަރުވެސް ބްރޫނޯ ކުރި ފައުލަކަށް ގަލަޓަސަރާއީއަށް ލިބުނު ހިލޭ ޖެހުން ކާމިޔާބުކޮށްދިނީ ޒިޔެޗްއެވެ. މި ގޯލަކީ ޔުނައިޓެޑްގެ ކީޕަރު އޮނާނާގެ އަތުގައި ޖެހި، އޭނާގެ އިހުމާލުން ވަތް ގޯލެކެވެ.

ގަލަޓަސަރާއީއިން މެޗުގެ ސްކޯ ހަމަހަމަކުރީ ޒިޔެޗް ފަހިކޮށްދިން ފުރުސަތަކުން މުޙައްމަދު އަކްތުރްކޮގްލޫއެވެ

މި ގޯލަށްފަހު ވެސް ޔުނައިޓެޑަށް ލީޑު ނެގުމަށް ރަނުގެ ފުރަސަތެއް ލިބުނެވެ. ނަމަވެސް ގަލަޓަސަރާއީގެ ގްރީސް ކީޕަރު، މުސިލޭރާގެ ހުޝިޔާރުކަމުން އެ ފުރުސަތު ނާކާމިޔާބުވީއެވެ

މި ނަތީޖާއާއެކީ، ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތަކަށް ދާއިރު ޔުނައިޓެޑުން ޖެހޭނީ ޓޭބަލްގެ އެއްވަނައިގައި އޮތް ބެޔާން ބަލިކުރާށެވެ. އަދި އެ ވަރަކުން ނުފުދޭނެއެވެ. ކޮންމެ ޓީމަކަށް 5 ޕޮއިންޓާއެކު ގްރޫޕްގެ 2 އަދި 3 ވަނައިގައި އޮތް ކޯޕަންހޭގަން އާއި ގަލަޓަސަރާއީ މެޗުން އެއްވެސް ޓީމެއް މޮޅު ވިޔަސް، މިހާތަނަށް 4 ޕޮއިންޓު ލިބިފައިވާ ޔުނައިޓެޑު މުބާރާތުން ކަޓާނެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.