Advertisement

ނިއުކާސްލް ކޮޅަށް ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު އެމްބައްޕޭ

29 Nov 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

މި ސީޒަންގައި ޕީއެސްޖީ ދެވަނަ ފަހަރަށް ނިއުކާސްލްގެ އަތްދަށުނުވީ ކިރިޔާ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ފްރާންސްގެ ޗެމްޕިއަން، ޕެރިސް ސެއިންޓް-ޖާރމޭން (ޕީއެސްޖީ) އާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއަކުން، މި ސީޒަންގައި ދެވަނަ ފަހަރަށް ނިއުކާސްލްގެ އަތުން ބަލިނުވެ އެ ޓީމު ސަލާމަތްވެއްޖެއެވެ.

މުޅި މެޗުގައިވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި ޕީއެސްޖީއަށް ގޯލެއް ކާމިޔާބު ނުކުރެވުނީ ނިއުކާސްލްގެ ކީޕަރު ނިކޮލަސް ޕޯޕްގެ ހުޝިޔާރުކަމުންނެވެ. މީގެ އިތުރުން، ކީލިއަން އެމްބައްޕޭ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޑްލީ ބަރކޯލާއަށް ލިބުނު ރަނުގެ ފުރުދަތުތައް ބޭކާރުވުމުން ކަމުގައި ވެސް ބުނެވިދާނެއެވެ. މި ދެ ކުޅުންތެރިންނަށްވެސް ވަނީ ނިކުކާސްލްގެ ގޯލް އޭރިޔާ ތެރެއިން ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ.

މެޗުގައި ފުރަތަމަ ކުރި ހޯދީ ނިއުކާސްލްއިންނެވެ. ނިއުކާސްލްއަށް ލީޑު ނަގައިދިނީ 25 ވަނަ މިނެޓުގައި އެ ޓީމުގެ ސްވިޑިން ފޯވާޑް އަލެކްސެންޑަރ އިސާކްއެވެ. ގޯލެއް ކާމިޔާބު ނުކުރެވިގެން ގޮތްހުސްވެފައިތިބި ޕީއެސްޖީގެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް، މެޗުގެ އިތުރު ވަގުތުގައެވެ. އެއީ ނިއުކާސްލްގެ ޓީނޯ ލިވްރަމެންޓޯގެ އަތުގައި ނިއުކާސްލް ޕެނަލްޓީ އޭރިޔާ ތެރެއިން ޖެހުނު ކަމަށް ވީއޭއާރު ކަނޑައަޅުމުން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެނެވެ. ވީއޭއާރުގެ ނިންމުމުގެ ސައްހަކަމާމެދު ގިނަ ބަހުސްތަކެއް ކުރެވުނު މި ޕެނަލްޓީ ކާމިޔާބުކުރީ 98 ވަނަ މިނެޓުގައި އެމްބައްޕޭއެވެ.

ޗެމްޕުއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ނިއުކާސްލްގެ ދަނޑުގައި މިދިޔަ މަހު ކުޅުނު މެޗު ނިއުކާސްލް އިން ކާމިޔާބުކުރީ، ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު 4-1 އިންނެވެ. 

ރޭގެ މެޗު އެއްވަރުވުމުން، ގްރޫޕްގެ ދެވަނައިގައި އޮވެ ޕީއެސްޖީ ވަނީ ރައުންޑް-އޮފް-ސިކްސްޓީންއަށް ކުރެވޭ އުއްމީދު އައުކޮށްފައެވެ. އެއްވަނައިގައި އޮތީ ރަށުން ބޭރުގައި 3-1 ން އޭސީ މިލާން ބަލިކުރުމަށްފަހު ބޮރޫޝިއާ ޑޯޓްމަންޑެވެ. މި ގްރޫޕުން ކުރިޔަށް ދިއުމުގެ ފުރުސަތު ނިއުކާސްލް އާއި އޭސީ މިލާނަށްވެސް އަދި އެބައޮތެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފަހު ބުރުގައި ޕީއެސްޖީ ނިކުންނާނީ ޑޯޓްމަންޑާ ދެކޮޅަށެވެ. މި މެޗުން ޕީއެސްޖީ މޮޅުނުވެއްޖެނަމަ، ޑޯޓްމަންޑާއެކު އަނެއް ބުރަށް ދަތުރުކުރާނީ ނިއުކާސްލް އަދި މިލާން މެޗުން މޮޅުވާ ޓީމެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.