Advertisement

ފޮޓޯ: އިޔާން

28 Nov 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން މޮޅު އެތުލީޓަކަށް މި ފަހަރު ވެސް ސާއިދު

މި މަހުގެ 24 އަދި 25 ގައި ކުރިޔަށްދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމު އަނެއްކާވެސް ހަސަން ސާއިދު ދިފާއުކޮށްފިއެވެ. 

ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާ މި އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ދިފާއު ކުރުމަށް ކުރި ދަތުރުގައި އޭނާވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. 100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދީ 10.88 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި 200 މީޓަރު ދުވުމުން އޭނާ ރަން މެޑަލް ހޯދީ 22.04 ސިކުންތުން ފައިނަލް ހީޓް ކާމިޔާބުކޮށްގެންނެވެ.

200 މީޓަރު ދުވުމުގެ ފައިނަލް ހީޓުގައި ސާއިދު، ފޮޓޯ: އިޔާން

2022 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި 4 ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ދިވެހި ސިފައިންގެ ކުލަބުގެ ރިލޭ ޓީމްގައިވެސް ސާއިދު ހިމެނުނެވެ. ގައުމީ މުބާރާތުގެ އިތުރުން މިދިޔަ އަހަރު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ މޮޅު އެތުލީޓުގެ މަގާމު ވެސް އޭނާ ހޯދިއެވެ.

ކޮވިޑް-19އާ ގުޅިގެން 2020 އަދި 2021 ވަނަ އަހަރު ގައުމީ މުބާރާތްތައް ކުރިޔަކަށް ނުގެންދެއެވެ. 2019 ވަނަ އަހަރަށް ބަލާލާއިރު، އެ އަހަރުގެ ގައުމީ މުބާރާތުގެ އެއް ވަނަ ސާއިދު ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިގެންނެވެ. އަދި ރިލޭގެ ހަތަރެއް ގުނަ 400 މީޓަރުން ސިފައިންގެ ޓީމާއެކު ރަން މެޑަލް ހޯދިއިރު ހަތަރެއް ގުނަ 100 މީޓަރުން ލިބުނީ ރިހި މެޑެއްޔެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.