Advertisement

އެންތޮނީ ގޯޑަން ގޯލު ކާމިޔާބު ކުރުމަށްފަހު

03 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ގޯޑަންގެ ގޯލަކުން ޔުނައިޓެޑް ބަލިކޮށް ނިއުކާސްލް ފުއްމާލީ ފަސްވަނައަށް

އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ނިއުކާސްލް ޔުނައިޓެޑުން މެންޗެސްޓަރ ޔުނައިޓެޑް 1-0 އިން ބަލިކޮށްފިއެވެ. ދުވަސް ފެށުނުއިރު ނިއުކާސްލް އޮތީ ޔުނައިޓެޑުގެ ފަހަތުން، ލީގުގެ އަށްވަނައިގައެވެ. ނަމަވެސް ޔުނައިޓެޑާ ދެކޮޅަށް ނިއުކާސްލް އިން މި ހޯދި 3 ޕޮއިންޓާއެކީ އެ ޓީމު ވިމަނީ 14 މެޗުން ޖުމްލަ 26 ޕޮއިންޓާއެކީ ފަސްވަނައަށް ކުރިޔަށް ޖެހިލާފައެވެ

ނިއުކާސްލްގެ އެސްޓީ ޖޭމްސް ޕާކްގައި ކުޅުނު މި މެޗުގައި ނިއުކާސްލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ އެންތޮނީ ގޯޑަންއެވެ. މި ގޯލާއެކީ މުޅި މެޗުގެ ކޮންޓްރޯލް ނިއުކާސްލްއިން ނެގި ނަމަވެސް، އެ ޓީމުގެ ކީޕަރ، ނިކް ޕޯޕުގެ ކޮނޑުހުޅަށް 82 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން، ޔުނައިޓެޑުން އުފެއްދި ހަމަލާތައް ގޯލަކަށް ބަދަލު ނުކުރެވި ދިޔައީ ކިރިޔާއެވެ. ޕޯޕްގެ އަނިޔާއާއެކީ، ނިއުކާސްލްގެ އަނިޔާގެ ލިސްޓު ދިގުވެ، އެ ޓީމަށް މިވަނީ އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާންޖެހިފައެވެ.

މީގެ އިތުރުން، ހޮނިހިރު ދުވަހު ވޮލްވަރ ހެމްޕްޓަން ވޮންޑަރސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، އާސެނަލް އިން ވަނީ 4 ޕޮއިންޓަށް ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ ވަރަށް ކުރީކޮޅު، 6 ވަނަ މިނެޓާއި 13 ވަނަ މިނެޓުގައި ބުކަޔޯ ސަކާ އަދި މާޓިން އޮޑެގާޑު ކާމިޔާބުކުރި ގޯލުތަކާއެކީ އެ ޓީމު އޮތީ މެޗު ނިމުމާ ގާތަށް ދިޔައިރުވެސް 2 ގޯލުގެ ލީޑެއްގައެވެ. ވޫލްވްސްގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ މެޗުގެ 86 ވަނަ މިނެޓުގައެވެ. އެއީ ނެލްސަން ސެމެޑޯ އެ ޓީމަށް ކާމިޔާބުކޮށްދިން ގޯލެކެވެ

ލީގުގެ ރެލިގޭޝަން ޒޯންގައި އޮތް ބާންލީ އާއި އެވަޓަންވެސް ވަނީ ރަގަޅު ނަތީޖާތަކެއް ހޯދާފައެވެ. ބާންލީއިން އެމީހުންގެ ޓާފް މޫރް ސްޓޭޑިއަމްގައި ޝެފީލްޑް ޔުނައިޓެޑް 5-0 ބަލިކުރިއިރު، މިއީ މި ސީޒަންގައި އެ ޓީމުން އަމިއްލަ ދަނޑުގައި ހޯދި ފުރަތަމަ ކާމިޔާބީއެވެ. އަދި އެވަޓަންވަނީ 1-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، ލީގުގެ 18 ވަނައަށް ކުރިޔަށް ޖެހިލާފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.